ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށުގެ ސިއްހީ މަރުކަޒުން މަސްތުވާތަކެތީގެ ފަރުވާދެވެންޖެހޭ: ސިރާޖު

ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ފަރުވާ ރާއްޖޭގެ ހުރިހާ ރަށަކުން ލިބެންޖެހޭކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މެމްބަރު ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާ މުޅި ރާއްޖެއަށް ލާމަރުކަޒުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާ ދެވެންޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ފަރުވާ ލާމަރުކަޒުކޮށް ރާއްޖޭގެ ސިއްހީ މަރުކަޒުތަކުން ނަމަވެސް ސިއްހީ ފަރުވާ ދެވެންވާނެ ކަމަށް ވިދާޅުވިއެވެ.

ސިރާޖު ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އެތައް ޒުވާނުން ރާއްޖޭގައި ތިބިއިރު، ފަރުވާ ދިނުމަށް ހުރީ އެންމެ ދެތިން ސެންޓަރުކަން ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިފަހަކަށް އައިސް މާލޭގެއެކި ހިސާބުތަކުގެކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިހިންގާ ތަންތަން ވަނީ ހުއްޓުވާފައެވެ. އަދި އެތައް ޒުވާނުން މިތަންތަނުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި މިހާރުވެސް މަސްތުވާތަކެއްޗާއި ދެކޮޅަށް ފަރުވާ ހޯދުމަށް ހުކުމްކޮށްފައިތިބި މީހުން ގިނައެވެ.

އެހެން ނަމަވެސް، އެންމެ އެދެވޭ ގޮތެއްގައި ރާއްޖޭގައި މިފަރުވާ ދެވެން ނެތްކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އަދި މިހާރު ފަރުވާ ދިނުމަށް ހުރި މަރުކަޒުތަކުން ވެސް އެންމެ އެދެވޭ ގޮތެއްގައި މިޚިދުމަތް ދެވެން ނެތްކަން ފާހަގަކުރެއެވެ.

އިއްޔެ ފަރީދީ މަގުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައިވެސް 71 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މިމައްސަލާގައި އިއްޔެ އެކަނިވެސް 10 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި މިތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 71 މިލިއަން ރުފިޔާއަށް އަރާނެކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: