ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު އަންނަ އަހަރު ހުޅުވުމަށް ތައްޔާރުވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް އާއި އެ މަރުކަޒު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު އެ ހޮސްޕިޓަލުގެ އިސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެ މަރުކަޒު ޤާއިމުކުރުގެ ޢަމަލީ މަސައްކަތާއެކު، އެ ތަނަށް ބޭނުންވާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުމާއި، އަންނަ އަހަރު މަރުކަޒު ހުޅުވުމަށް ކުރަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ތައްޔާރުކުރެވިފައިވާ ޓައިމްލައިންއާ އެއްގޮތަށް މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ކަމާގުޅޭ އިދާރާތަކުން ހޯއްދަވާނެކަމުގައި ވިދާޅުވެފައެވެ. އަދި މިފަދަ މަރުކަޒެއް ބިނާކުރުމުގައި ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބޭ ވަށާޖެހޭ އޮނިގަނޑެއް ތައްޔާރުކުރުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުމާލޭ ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އައު މަރުކަޒު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވާލައްވާފައެވެ. މި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޑޮކްޓަރ ޢަބްދުލްމަލިކާއި، ހުޅުމާލޭ ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: