2015 ވަނަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު މުޅި ރާއްޖެ ސިއްސުވާލީ، ވ. ރަކީދޫގައި މަޔަކު ތުއްތު ކުއްޖަކަށް ލާއިންސާނީ އަނިޔާކޮށް މަރާލި ހަބަރުންނެވެ. ބަނޑުއަޅައި ވިހެއި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި މަޔަކީ އާފިޔާ މުހައްމަދު މަނިކެވެ. އިބްތިހާލު މަަަަަރުވީ މަންމަގެ އަނިޔާތަކުގެ ޝިކާރައަކަށްވެ، އެތައް ޒަހަމަކާއި ލަކުނަކާ އެކު ބަރަހަނާ ހާލުގަައެެެެވެެ.
އިބްތިހާލުގެ މައްސަލައިގައި އޭނާގެ މަންމަގެ މައްޗަށް ދައުވާކުރި މައްސަލައިގައި ހުކުމްކުރީ މައްސަލަ ކޯޓުގައި އޮންނަތާ ހަތަރު އަހަރު ފަހުންނެވެ.
އާފިޔާ ތަހުގީގަށް ދީފައިވާ 14 ސަފްހާގެ ބަޔާނާއި، ސައިކޮލޮޖިކަލް އެސެސްމަންޓުންނާއި އަދި އެހެނިހެން ހެކީންގެ ބަހަށް ބަލާއިރު، އާފިޔާ އަށް އެންމެ ކުޑައިރުން ފެށިގެން އޭނާގެ އާއިލާ އާއި މުޖުތަމައުގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ހާމަވެ އެވެ.
ހުކުމުގައި ވަނީ، އާފިޔާއަށް ޖިންސީ ގޮތުންނާއި، ޖިސްމާނީ ގޮތުން ތަފާތު އެކި އަނިޔާތައް ތަހައްމަލު ކުރި ކަމަށް ބުނެފައެވެ. އަދި އާފިޔާގެ މަންމަ އާއި، ދޮން ބައްޕަ އާފިޔާ ލައްވާ ގަދަކަމުން ހަށި ވިއްކާ ކަމަށެވެ. އާފިޔާގެ ދޮން ބައްޕަ ކޮންމެ ރެއަކު ވެސް އާފިޔާއަށް ޖިންސީ ގޯނާކޮށް، ބަދުއަހުލާގީ އަމަލު ހިންގި ކަމަށާއި، ކޮންމެ ރެއަކު ވެސް ނިދުމުގެ ކުރިން އާފިޔާގެ ޖޫސް ތައްޓަށް ބޭހެއް އަޅާފައި ހުންނަ ކަމަށް ވެސް ވެއެވެ. އަދި ކޮންމެ ރެއަކު ވެސް އާފިޔާއަށް ހޭލެވޭއިރު، އޭނާގެ ދޮން ބައްޕަ އެނދު މަތީ އިށީނދެ އިންނަ ކަމަށާއި، އެވަގުތު އާފިޔާގެ އެއްވެސް އަންނައުނެއް ނުހުންނަކަމަށް އާފިޔާ ކިޔައިދިން ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.
އާފިޔާ ކިޔައިދިން ގޮތުން، ދުވާލެއްގެ މައްޗަށް އޭނާއާއެކު އެތައް ބަޔަކު ގަދަކަމުން ގުޅުން ހިންގަ އެވެ. އޭނާ ރޭޕް ކުރީ ކިތައް މީހުންކަން ބުނެދޭން ވެސް އޭނާއަކަށް ނޭނގޭ އެވެ. އަދި ދޮން ބައްޕަ ބަރަހަނާ ހާލުގައި އޮވެ އާފިޔާ ރޭޕް ކުރަމުން ދާއިރު، އާފިޔާގެ މަންމަ އެ މަންޒަރު ބަލަން ހުންނަ ކަމަށާއި، ގަދަހަދައިފި ނަމަ އާފިޔާގެ ގައިގައި ތަޅާ އަނިޔާކޮށް، ދޮން ބައްޕައާއެކު ގުޅުން ހިންގަން މަންމަ މަޖުބޫރު ކުރާ ކަމަށް ވެސް އާފިޔާ ބުނެފައިވެ އެވެ.
އިބްތިހާލްއަކީ އެ އަނިޔާތަކުގެ ސަބަބުން ލިބުނު ކުއްޖެއްކަމުން، އާފިޔާގެ ހިތުގެ ތެރޭގައި ދޮން ބައްޕަ އާއި، އިބްތިހާލަށް ރުޅިވެރިކަން އޮންނަކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އަދި އާފިޔާއަށް އަމާޒުކޮށް ރަށުގެ މީހުން މަލާމާތްކޮށް ވާހަކަ ދެއްކުމާއި، އިބްތިހާލަކީ ބައްޕަ ނެތް ކުއްޖެކަމަށް އަދި އެއީ މަރާލަން ޖެހޭ ކުއްޖެއްކަމަށް ބުނާ ކަމަށެވެ.
އާފިޔާއަށް ޝަރީއަތުން އިއްވީ 20 އަހަރުގެ ހުކުމެކެވެ. އެހެން ނަމަވެސް ހުކުމަކާއި ނުލާ އާފިޔާ ޖަލުގައި 05 އަހަރު ހޭދަކޮށްފައިވާތީ އެ ދުވަސްތައް ހުކުމްއިން އުނިވާނެ އެވެ. އެހެންކަމުން އޭނާ ޖަލުގައި ތަންފީޒު ކުރަންޖެހޭނީ 15 އަހަރުގެ ހުކުމެކެވެ.


2 Responses
ދޮންބައްޕަތަ މަރާލާގެން އެއުޅެނީ
ތިފަދަ އަނިޔާތަހައްމަލްކުރަންޖެހިފަވާމީހަކަށް އެންމެ ރައްކާތެރިތަނަކީޖަލު . ރަށަށް ދިއަސް ކުރިން އެފުރައްސާރައާމަލާމާތް ކުރިބަޔަކު އެކަން ކުރާނެ . ނާޖާއިޒުފައިދާއެއް ނަގަން ބޭނުންވާބައެއްގެ އަތްދަށުން ސަލާމަތް ނުވެ ތެލިފޮޅޭން ހަމަޖެހުމެއްނެތި އުޅޭން ޖެހޭނީ އެއްކަލަ ދޮންބައްޕައާ ދޮންއަމައެއްފަދަ ރަހްމެއްނެތް މައިމީހާ ފުރައްސާރަތަކުން ސަލާމަތް ނުވެވިފަ . އާފިޔާފަދަ ޖަލަށް ދާން ނުޖެހި އާއިލާތަކުގެ ނުރުހުމާ ކުރިމަތިލާ ކިތަންމެ އަންހެނަކު މިމުޖްތަމަޢުގަ ދިރިއުޅޭނެ. ނަޖްބޫރީހާލަތުގަ. ﷲ ޢާފިޔާއަށް ތެދުމަގަށް މަގުދައްކަވާ އިސްވެ ދިއަ ފާފައިން ސަލާމަތް ވުމަށްއެކުށް ތަކުރާރު ކުރަން ނުޖެހޭނެފަދަ ޖަލެއް ކަމުގަ ޖަލުލައްވަވާ ހިމާޔަތް ލިބޭތަނެއް ކަމުގަ ލައްވަވާށި . ބަޔަކު ކިޔާއެއްޗެހިންނާކުރާމަލާމާފުރައްސާރައިންސަލާމަތްނުވެވިގެން މަދުމީހަކަށްނޫން އެފަދަ ހާލަތްތަކުގަ ބަޑުއަޅާވިހާދަރިންނަށް އަނިޔާކުރެވިފަ ހުންނާނީ . އާދެވޭރުޅިއާނަފްރަތު އަމިއްލަ ދަރިންނަށް ބާލާލެވިފަ ހުންނާނީ . އެފަދަ ނަފްސާނީމައްސަަލަތަކުގަ ދިރިއުޅޭމީހުން ކެއްނުވެގެން އެފަދަ ކަންކަން ކުރަނީ. އަމިއްލަ އިހްތިޔާރެއްގައެއްނޫން . ބައެއްމައިންނަކީ ތިމާގެ ދަރިންނަށް ޓަކައި އަގައިން ބުނަށް ނޭގިފަ ތިއްބެ ވެސް ނަފްސަށް ހިތްވަރު ހޯދާ އަނިޔާދޭމީހާއަށް ކުރިމަތިލާނެ މައިން . ލޯބިވާދަރިންގެ ދިފާއަށް ބަޔަކު ކިޔާނެ އެއްޗަކަށް ކުރާނެ ފުރައްސާރައަށް ބެލުމެއް ނެތި ފިޑިކަން ކަޑާލާ ޖެހިލުމެއްނެތި އަނިޔާއާކުރިމަތިލާ މައިން . އާފިޔާއަށް ތަޢުބާވުމުގެ ފުރުސަތު ﷲއިރާދަފުޅުން ދެއްވާށި ،