ގއ. ދެއްވަދޫ އިން މިއަދު އިތުރު 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު ”ސަންގަށް“ ވިދާޅުވީ މިއަދު އެކަނިވެސް އެ ރަށުން16 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
”މިއަދު ރަށުން 12މީހަކު ވަނީ ޕޮޒިޓިވްވެފައި، އެއާއެކު ޖުމްލަ އެކްޓިވް ކޭސްގެ އަދަދަކީ 39،“ ތައުފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ތައުފީގު ވިދާޅުވީ މިހާތަނަށް ރަށަށް ކޮވިޑް ފެތުރުނު ގޮތެއް ނުހޯދޭ ކަމަށާއި މިވަގުތު ރަށުގެ ހާލަތު ރަނގަޅު ނޫން ކަމަށެވެ. އެގޮތުން އެއްވެސް މީހަކަށް ބޭރަށް ނުނިކުމެވޭ ކަމަށާއި ގެތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދެނީ ކައުންސިލުގެ ޓާސްކް ފޯސް ޓީމު ކަމަށެވެ.
ދެއްވަދޫން ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ލ. ފޮނަދުއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހެކު ހިމެނެއެވެ.


One Response
ޝުކުރިއްޔާ ރައީސް ތަޢުފީޤް