ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިކަމެއް ނެތް: ދެއްވަދޫ

ޝެއާރކޮށްލާ ކަހަލަދޯ؟

މޮނިޓަރިންގެ ހާލަތުގައި ރަށް އޮިތް ކަމުގައިވިޔަސް، ޒަރޫރީ ބޭނުންތަައް ފުއްދުމުގައި ދަތިކަމެއް ނެތްކަމަށް ގއ ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް ވިދާޅުވީ، ރަށް މޮނިޓަރިންގެ ހާލަތުގައި އޮތުމާއެކު ރަށު ތެރެއަށް އެއްވެސް ވަރަކަށް މީހުން ނުކުމެ ނޫޅޭ ކަމަށެވެ. އާންމު ދިރިއުޅުމުގެ ކަންކަމަށްވެސް ރައްޔިތުން މަގުމައްޗަށް ނުކުމެ ނޫޅޭ ކަމަށާއި ރަށު ތެރޭގެ މަސައްކަތްތެރިކަންވެސް ހުއްޓިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން، މަސްވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އާންމުންވެސް އެއްވެސް ވަރަކަށް މަސައްކަތު ނުދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، ކައިރި ރަށްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމަށެވެ. އެގޮތުން ރަށްތަކުގެ ކައުންސިލްތަކުން، ދެއްވަދޫ ކައުްނސިލާއި ގުޅިގެން އެހީތެރިކަމުގެ ސާމާނު ފޯރުކޮށްދެމުންދާކަމަށް ވިދާޅުވިއެވެ. އެކަމުގެ ތަފްސީލް ހިއްސާ ކުރައްވާ ކައުންސިލްގެ ރައީސް ވިދާޅުވީ، ގއ ވިލިގިލި، ގެމަނަފުށިި އަދި ގދ ތިނަދޫ ރަށު ކައުންސިލުންނާއި ޖަމިއްޔާތަކުން އެހީގެ ސާމާނު ފޯރުކޮށްދެމުންދާ ކަމަށެވެ.

ގދ ތިނަދޫއިން 100 ކޭސް ފެން ފޮނުވާފައިވާ ކަމަށާއި ބައެއް ކާބޯތަކެއްވެސް ފޮނުވާފައިވާ ކަމަށެވެ. އަދި ގެމަނަފުށިން ކަނޑުމަހާއި ބައެއް އެހެނިހެން ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެމްޑަބްލިއުއެސްސީއިން 300 ކޭހުގެ ފެން ލޯޑުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، ޒަރޫރީ ކަންކަމުން އެއްވެސް ދަތިކަމެއް ރައްޔިތުންނަށް ނުވާނެ ކަމަށެވެ. އަދި އެއްވެސް ވަރަކަށް ރައްޔިތުން ނިކަމެތިވެގެންދިޔަ ނުދެއްވާނެކަމަށް ވިދާޅުވިއެވެ.

ދެއްވަދޫއިން ޖުމްލަ މިހާތަނަށް، 39 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރަށު ތެރޭގައި ބަލި ފެތުރެން ދިމާވި މައިގަނޑު ސބަބެއް ގޮތުގައި ބެލެވެނީ ރަށުގައި ހޯމް ކަރަންޓީނުގައި ތިބި ބައެއްގެ ޓެސްޓުގެ ނަތީޖާ ފޯލްސް ނެގެޓިވްއެއް ކަމަށް ދެއްކުމުންނެވެ. ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއްގެ ހަތަރުމަހުގެ ކުއްޖާގެ ސާމްޕަލް އެންމެ ފުރަތަމަ ދެއްކީ ޕޮޒިޓިވްކަމަށެވެ. އެހެންނަމަވެސް، ފަހުން އެއީ އޮޅުމެއްކަމަށާއި އެސާމްޕަލް ނެގެޓިވްކަމަށް އެންގުމުން އާއިލާއިން ވަނީ ހޯމް ކަރަންޓީނުން ނުކުމެ، އާންމު ދިރިއުޅުމަށް ރުޖޫއަވެފައެވެ. އެހެންނަމަވެސް، އޭގެ ފަހުން އަނެއްކާވެސް ހަތަރުމަހުގެ ކުއްޖާގެ ސާމްޕަލް ޕޮޒިޓިވްކަމަށް އެންގިއެވެ.

އޭރު، އެއާއިލާ އާންމު ދިރިއުޅުމަށް ރުޖޫއަވެ އަވަށްޓެރިން އެހަތަރުމަހުގެ ކުއްޖާ އުރައި، ގެންގުޅެފައިވެއެވެ. އެހެންކަމުން، ރަށު ތެރޭގައި ރެންޑަމް ސާމްޕްލިން ހަދައި، ރެންޑަމް ސާމްޕްލިންގެ ތެރެއިން 16 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެއަދަދު މިހާރު ވަނީ 39އަކަށް އަރާފައެވެ.

ތުއްތު ކުއްޖާއާއި ކޮންޓެކްޓްވި ބަޔަކު ވަނީ ލ ފޮނަދޫއަށްވެސް ދަތުރުކޮށްފައެވެ. އަދި އެކްލަސްޓާއާއި ގުޅުންހުރި ބައެއް މީހުން ހުޅުމާލޭގައިވެސް ތިއްބެވެ.

އެހެންނަމަވެސް، ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ މިއީ އެރަށަށް ބަލި ފެތުރުނު ގޮތްކަމަށް ނުބެލެވޭކަމަށް ބުނެފައެވެ. އެގޮތުން، ކޮންމެވެސް އެހެން ގޮތަކުން ރަށު ތެރެއަށް ބަލި ތައާރަފްވެފައިވާތާ ދުވަސްކޮޅެއްވެފައިވާކަމަށް ގަބޫލުކުރެވޭކަމަށް އެޗްއީއޯސީއިން ބުނެއެވެ.

ރެންޑަމް ސާމްޕްލިންގެ ތެރޭގައި ތުއްތު ކުއްޖާއާ އެއްވެސް ވަރަކަށް ކޮންޓެކްޓް ވެފައިނުވާ މީހުންވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ރަށު ތެރޭގައި އޭގެ ކުރިންވެސް ބަލީގެ އަލާމާތްތައް ހުރި މީހުން އުޅުނުކަމަށް އެޗްއީއޯސީއިން މައުލޫމާތުދެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: