ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވާލަދެއްވީ ރައީސް ޔާމީން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވާލަދެއްވީ ރައީސް އަބްދުﷲ ޔާމީންކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ޕީއެންސީގެ ނައިބްރައީސް އިބްރާހިމް ޝުޖާއު ފާޑުވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ބޭފުޅުން ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށެވެ. ޝުޖާއު އިޝާރާތްކުރައްވާފައިވަނީ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އައްޑޫ ސިޓީއަށް ކުރިމައްތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެންދާނެކަމަށް ބުނެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި، ޝުޖާއު ވިދާޅުވީ އައްޑޫ ސިޓީގެ މޭޔަރަކަށް މިހާރުވެސް ހުންނެވީ އެމްޑީޕީ މެމްބަރެއް ކަމަށެވެ. އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވާލަން ޖެހޭ ކަމަށް ވިދާޅުވާ ކަމަށާއި އަދި އެކަން ކުރެވޭނީ އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީ މެމްބަރަކު ހުންނަވައިގެންކަމަށް އެބޭފުޅުން ވިދާޅުވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާރުވެސް އައްޑޫ ސިޓީގެ މޭޔަރަކަށް ހުންނެވީ އެމްޑީޕީގެ މެމްބަރެއްކަން މިބޭފުޅުންނަށް އެނގިވަޑައިނުގަންނަވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އަައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވާލަދެއްވީ ރައީސް ޔާމީން ކަމަށެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަން ފުޅާކޮށް، ބޭރު ގައުމުތަކުން އަންނަ މީހުންނަށް ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ސީދާ އައްޑޫ ސިޓީއަށް އާދެވޭނެ ގޮތް ހަމަޖައްސައިދެއްވީ ރައީސް ޔާމީންކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިހާރު އެމްޑީޕީ މެމްބަރުން އެބޭނުންވާގޮތަށް އައްޑޫ ސިޓީ ހުޅުވާލަން ވެއްޖެނަމަ، ދެން ޖެހޭނީ ޖައްވަށް އައްޑޫ ސިޓީ ހުޅުވަންކަމަށް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ފާޑު ވިދާޅުވެ ޝުޖާއު ވިދާޅުވީ އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މޭޔަރުކަން ކުރައްވަނީ އެމްޑީޕީ ބޭފުޅުންކަމަށެވެ. މޭޔަރުންގެ އިތުރުން މެމްބަރުންގެ ގޮތުގައިވެސް ތިއްބެވީ އެމްޑީޕީ މެމްބަރުން ކަމަށާއި ލާމަރުކަޒީ ނިޒާމް ތައާރަފްވެ ކައުންސިލަރުން އިންތިޚާބު ކުރެވެން ފެށީއްސުރެ ތިއްބެވީ އެމްޑީޕީ މެމްބަރުން ކަމަށެވެ. އެހެންނަމަވެސް، މާލެ ސިޓީއަށްވެސް އަަދި އައްޑޫ ސިޓީއަށްވެސް އެދެވޭ ތަރައްގީގެ މަސައްކަތްތަކެއް ކޮށްދެވިފައިނުވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިބޭފުޅުންގެ ވެރިކަން ނިމިގެންދިޔައިރު، އިމާދުއްދީން ސްކޫލް ކުރިމަތީގައި އޮތް ކުނިގޮނޑު ނުނެގުން ބައެކޭ މިއީ. ކިހިނެތް މުޅި ދުނިޔެއަށް ހުޅުވާނީ؟ ނަޖިސް ސާފުނުކުރެވިގެން މިއުޅެނީ! ކުނިވަސް މާލެއިން ދުވަނީ!

މީގެ އިތުރުން، ޝުޖާއު ވިދާޅޫވީ މާލެ ސިޓި ހިތްފަސޭހަ ތަނަކަށް ހައްދަވައިދެއްވީ ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުގެ މޭސްތިރިކަމުގެ ދަށުންކަމަށެވެ. އަދި މާލޭ ހިތްފަސޭހަ ތަނަކަށް ހެއްދެވީ ރައީސް ޔާމީން ކަމަށާއި މާލެއަށް ޕާކުތައް ތައާރަފްކޮށްދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައިކަމަށް ވިދާޅުވިއެވެ. ތުއްތުކުދިން ހިތް އުފާކުރުމަށް މާލެ ސަރަހައްދުގައި ޕާކުތައް ތަރައްގީކޮށްދެއްވީ ރައީސް ޔާމީންކަމަށާއި، މިވީ ދެއަހަރު ތެރޭ ތަރައްގީކުރި ލޮނުޒިޔާރަތް ޕާކަކީ ”ވަގު ޕާކެއް“ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްގެ އަމާޒަކީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުންކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި މާލޭގައި ހުރި ފެންފޯއް ރުއްތައް ނަގައި ހުޅުމާލޭ އިންދުމަށް ރާވާފައިވާކަމަށް ވިދާޅުވިއެވެ. އަދި މާލޭގައި ފެންފޯއް ރުއް އިންދުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި މާލެ ވަށައިގެން ދިވެހި ރުއް އިންދާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: