ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެއްވަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ދެއްވަދޫ ކްލަސްޓާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް އަރައިފިއެވެ.

އެޗްއީއޯސީން ރޭ ބުނީ މީގެތެރެއިން 71 ކޭސް ފެނިފައިވަނީ ދެއްވަދޫން ކަމަށެވެ. އަދި މި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 476 ކޮންޓެކްޓުން ހޯދިފައިވާ ކަމަށާއި އަދި މި ކްލަސްޓާއާ ގުޅިގެން 1413 ސާމްޕަލް ޓެސްޓު ކުރެވިފައިވާ ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

މީގެއިތުރުން މި ކްލަސްޓާ އިން އިއްޔެ ވެސް ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެޗްއީއޯސީން ބުނީ އެ ރަށުން އުފެދުނު ބޮޑު ކްލަސްޓާގައި ހައި ރިސްކު 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: