ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، ފިލްމީ ތަރި އަޙްމަދު ޒިޔާއާ ކައިވެނި ކުރައްވަން ރަންކިޔައިފި އެވެ.
މިކަން ޝިދާތާ ވަނީ އޭނާގެ ފޭސްބުކް އެކައުންޓުގައި ހާމަ ކޮށްފައެވެ. އެގޮތުން އޭނާ އާއި ޒިޔާގެ އެންގޭޖްވުމުގެ ހަފްލާގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އޭނާ ލިޔެފައިވަނީ މިއީ ދިރިއުޅުމުގައި ކޮށޭ އައު މަގެއް ކަމަށެވެ. އަދި ލޯބިން ފުރިފައިވާ ހިތަކާއެކު ފަށާ އައު ފެށުމެއް ކަމަށެވެ.
ޒިޔާ ވެސް ވަނީ މިއަދުގެ ތާރީހު ފޭސްބުކް ސްޓޭޓަސްއެއްގައި ހިއްސާ ކުރުމަށްފަހު އޭނާ ހުރީ އުފަލުންކަން ހާމަ ކޮށްފައެވެ.

