މި އަހަރު މެއި/ޖޫންގައި ބާއްވަން ހަމަޖެހިފައި އޮތް އޭލެވެލް އިމްތިހާނު ނުބާއްވާން ނިންމައިފިއެވެ.
އެކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އިހުސާން އޮންލައިން ނޫހެއް ކަމަށްވާ ”ވަގުތު“އަށް ވިދާޅުވަނީ މިއަހަރު މޭ ޖޫންގައި އޭލެވެލް ނުބާއްވާނެ ކަން އެޑެކްސެލް އިން އަންގާފައިވާ ކަަމަށެވެ.
”ރާއްޖޭގައި މިހާރު އޭލެވެލް އެގްޒާމް މިހާރު ޝެޑިއުލްކޮށްފައި އޮތް ގޮތަށް ނުބާއްވާނެ“. އިހުސާން އެނޫހަށް ވިދާޅުވިއެވެ.
އެނޫޙުން އިހްސާންއާ ހަވާލާދީ ބުނެފައިވަނީ، އެގްޒާމް ކުރިޔަށް ނުގެންދިޔަސް، އެސެސެމެންޓް ކުރިއަށްދާނެ ކަމަށާއި، އެސެސްމެންޓް ބާއްވާނެ ގޮތެއް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

