މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެމްއެމްސީން ބުނީ އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުން ކަމަށެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:
(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
(ށ) ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
(ނ) ސިޔާސީ
(ރ) ޝަރުއީ އަދި ޤާނޫނީ
(ބ) ވިޔަފާރިއާއި އިޤުތިޞާދު
(ޅ) ކުޅިވަރު
(ކ) ފޮޓޯ ޖާރނަލިޒަމް
(އ) ވީޑިއޯ ޖާރނަލިޒަމް
(ވ) އޯޑިއޯ ޖާރނަލިޒަމް
(މ) ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
(ފ) ފީޗަރ / ރިޕޯޓް
(ދ) އެންމެ އުންމީދީ ނޫސްވެރިޔާ
އެމްއެމްސީން ވަނީ މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައެވެ.

