ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ 12793 މީހަކަށް ވެކްސިން ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ 12793 އަށްވުރެ ގިނަ މުވައްޒަފުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 12793 މުވައްޒަފުންނަށް މިހާތަނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ. މީގެތެރެއިން އެންމެ ގިނައިން ވެކްސިން ޖަހާފައިވަނީ ރިސޯޓްތަކުގައި ޕްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ 12048 މުވައްޒަފަކު މިހާތަނަށް ވެކްސިން ދީފައިވާއިރު ގެސްޓްހައުސްތަކުގެ 306 މުވައްޒަފަކަށް، ސަފާރީތަކުން 214 މުވައްޒަފަކަށް، ހޮޓެލްތަކުން 70 މުވައްޒަފަކަށް ވެކްސިން ވަނީ ޖަހާފައެވެ.

މީގެއިތުރުން 64 މިއުޒީޝަނުންނަށް، 24 ޓްރެވެލް އެޖެންޓުންނަށް އަދި ޓޫރިޒަމް މިނިސްޓްރީގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 67 މުވައްޒަފަކަށް މިހާތަނަށް ވެކްސިން ޖަހާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: