ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އުފެއްދެވި އެން.ސީ.އައި.ޓީ އައު އުސްމިންތަކަކަށް!

އެންސީއައިޓީން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އުފެއްދެވި ނޭޝަނަލް ސެންޓަރ ފޮރ އިންފޯރމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އަށް 18 އަހަރު ކުލަގަދަ ގޮތެއްގައި އެ އިދާރާއިން ފާހަގަކޮށްފިއެވެ.

މި ހަފްލާގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ ވެރިންނާއި މުވައްޒަފުންވެސް ބައިވެރިވެ ވަޑައިގަތެވެ.

ޖަލްސާގެ ޝަރަފްވެރި މެހެމާން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީ އަލްފާޟިލް އަލީ ޞާލިހް ގެ ވާހަކަ ފުޅުގައި 18 އަހަރާއި އެކު އެން.ސީ.އައި.ޓީ މުޅިން އާ ހަރުފަތަކަށް މިސްރާބުޖަހާފައިވާކަން ފާހަގަކުރެއްވިއެވެ. ކޮވިޑް-19 ގެ ހާލަތުގައި ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ މުހިންމުކަން ބަލައިގަނެވުނުއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ސަރުކާރުގެ މުހިންމު ވައުދުތަކެއް ހާސިލްކުރުމަށް އެން.ސީ.އައި.ޓީގެ ދައުރު މުހިންމުކަން ފާހަގަކުރެއްވިއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިޙް

ޚާއްސަކޮށް 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމަނައިގެން އެން.ސީ.އައި.ޓީ އިން ތައްޔާރުކޮށްދެއްވި ކިޔުގައި ނުޖެހި ފްލެޓަށް އެޕްލައިކުރެވޭ ސިސްޓަމްގެ އަޕްގްރޭޑްގެ މަސައްކަތް 2 އަހަރުފަހުން މިއަދު އަނެއްކާވެސް އެން.ސީ.އައި.ޓީއާއި ހަވާލުކުރެވުނުކަމަކީ ސަރުކާރުން އެން.ސީ.އައި.ޓީ އަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޛް ކުރުމަށް އިދާރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައިވެއެވެ. މިކަމުގައި މިހާރު ހިންގެވުމާއި ހަވާލުވެ ހުންނެވި ވަޒީރު އަލްއުސްތާޛް ފައްޔާޟް އިސްމާއިލްގެ އެއްބާރުލުންފާހަގަކުރައްވާ އެމަނިކުފާނަށާއި، އެން.ސީ.އައި.ޓީގެ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ހަފްލާގައި ބައިވެރި ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޝާތިރުވަނީ އެން.ސީ.އައި.ޓީ އުފެދިގެން އައިގޮތާއި އިދާރާގެ 18 އަހަރުގެ ކާމިޔާބީތައް ހިއްސާކުރަށްވާފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ވަނީ އެން.ސީ.އައި.ޓީ އުފެއްދެވުމުގައި ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރ އަލްފާޟިލް މިދުހަތު ހިލްމީ އަދި އެން.ސީ.އައި.ޓީގެ ކުރީގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް ފާއިގު އުމަރުގެ ބުރަ މަސައްކަތްފުޅު ފާހަގަކޮށް އެބޭފުޅުންނާއި، ކުރީގެ މުވައްޒަފުންނާއި މިހާރުގެ ޓީމަށް ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރަށް މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް އަޙްމަދު އަފްޒަލް ދެއްކެވި ވާހަކަ ފުޅުގައި ތަނެއްގެ އެންމެ ބޮޑު ރައުސްމާލަކީ އެތަނެއްގެ މުވައްޒަފުން ކަމުގައި ފާހަގަކޮށް ކުރިއަށް އޮތްތަނުގައި ވެސް އިޚްލާސްތެރިކަމާއި އެކު މަސައްކަތްކޮށް ކާމިޔާބު ހޯދުމަށްވަނީ ހިތްވަރު ދެއްވާފައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 70%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: