ލ.ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ލާންސް ކޯޕްރަލް ހުސެއިން ފާރިޝް ކަމަށެވެ.
އެގޮތުން ފާރިޝް އާއެކު އިތުރު ތިން ސިފައިންގެ މީހަކު މޫދަށް ފޭބި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
ފާރިޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން މިހާރު އަންނަނީ ކުރަމުންނެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 17:40 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އަދި މި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ސިފައިންގެ މީހަކު ގެނބިގެން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށް ދާތީ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

