ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާންދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 45 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މާންދޫ ކްލަސްޓާ އިން އިތުރު 34 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ އިއްޔެ ޕޮޒިޓިވްވި 34 މީހުންނާއެކު އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 45 އަށް އަރާފައިވާ ކަމަށެވެ. އެ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 153 ސާމްޕަލެއް ނަގާފައިވާއިރު ނަތީޖާ ނުލިބޭ 85 ސާމްޕަލް އެބައޮތް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން އެންމެ ފުރަތަމަ ކޮވިޑަށް ބަޔަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއާއެކު އެ ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭ އިން އިއްޔެ ވަނީ ލ.ގަމާއި ފޮނަދޫ އަށް އަރާ ފޭބުން ވެސް މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: