ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގެ ހަމަލާއަކީ ނަޝީދަށް އަވަހާރަކޮށްލުމަށް ގަސްދުގައި ދިން ހަމްލާއެއް: ޕޮލިސް ކޮމިޝަނަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއަކީ އެމަނިކުފާނު އަވަހާރުކޮށްލުމަށް ގަސްތުގައި ދިން ހަމަލާއެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށާއި މި ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނަފުޅަށް ގެއްލުންދޭން ކަމަށެވެ.

އަދި މި މައްސަލަ ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ފުލުހުންނަށް ރޭގެ ހަމަލާއާއި ގުޅޭ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ކުރިން ހިއްސާކޮށްފައި ނުވާ ކަން ތަކުރާރުކޮށް ސީޕީ ފާހަގަކުރެއްވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ރޭގެ ހަމަލާ ދީފައިވާ ގޮތަށް ބަލާއިރު އެ ހަމަލާ އަކީ ޓެރަރިޒަމަށް ފެތޭ ހަމަލާއެއް ކަމަށެވެ. އެހެންކަމުން މައްސަލަ ތަހުގީގު ކުރަނީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ހަމަލާ ދިނުމުގައި ގޮއްވާލި އެތި ގޮއްވާލަން ބޭނުންކުރި ސައިކަލުގެ ސައްހަ މައުލޫމާތު މިހާރު ވަނީ ލިބިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: