ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނެޓް އަގުހެޔޮ ކުރުން އިބިލީހުގެ ކައިވެންޏަށް! ”މާދަމާ! މާދަމާ!“

ރައީސް ސޯލިހް، އެންވަޔަރަމަންޓް މިނިސްޓަރަކަށް ޝައުނާ އައްޔަން ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނެޓް އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު މިއަދާ ހަމައަށް އައި އިރުވެސް ފުއްދިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ސަރުކާރަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

”އުފާވެރިކަމުގެ ވަގުތު ކައިރި ވެއްޖަކަމަށް“ ސަރުކާރުން މީގެ ކުރިން އެތައް ފަހަރަކު ބުނި ނަމަވެސް އިންޓަނެޓްގެ ވައުދު އޮތީ ނުފުއްދި އެވެ. އިންޓަނެޓްގެ އަގުހެޔޮކުރުމަށް ދިރާގާއި އުރީދޫއާއިއެކު ސަރުކާރުން މަޝްވަރާތައް ކުރާތާ އަހަރުތަކެއްވެގެން ދިޔައިރު، އަދިވެސް އެކަމަށް އެދެވޭ ނަތީޖާއެއް ލިބިފައެއް ނުވެއެވެ.

އިންޓަނެޓްގެ އަގުހެޔޮ ކުރުން ވަރަށް ބޮޑު މައުލޫއަކަށްވެ، އެ މައްސަލަ ހުއްޖަތަކަށް ނަގައިގެން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހަންމަދު މަލީހު ޖަމާލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، މިދިޔަ މާޗް މަހުގެ ތެރޭގައި މަގާމުން ވަނީ ބޭރުކޮށްލައިފަ އެވެ.

މަގާމުން ވަކިކުރުމާ ގުޅިގެން މަލީހް ވިދާޅުވަމުން ގެންދަވަނީ އިންޓަނެޓުގެ ހިދުމަތުގެ އަގު އޭނާގެ ވަޒީރުކަމުގައި ހެޔޮނުކުރެވި ލަސްވީ ޓެކްނޮލޮޖީގެ ކަންކަމާ ބެހޭ އާ މިނިސްޓަރު އަދި ރައީސް އޮފީހުގެ އޭރުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ ސަަބަބުންނެވެ. އާ އަގުތަކާ މެދު ގޮތެއް ކަނޑައަޅަން ރައީސް އޮފީހުގައި އެދުމުން، އެ ކަރުދާސް ޝައުނާގެ ޕޮލިސީ ސެކްޝަންގައި ގޮތެއް ނުނިންމައި ބޭއްވީ ކަމަށް މަލީހު ވިދާޅުވެ އެވެ.

މަލީހް މަގާމުން ވަކޮށް، ޓެކްނޮލޮޖީ މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ ވަނީ އެއްކޮށްލާފައެވެ. އެގޮތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ބަދަލުކޮށް އެ މިނިސްޓްރީގެ މިނިސްޓަރަކަަށް ހަމަޖެއްސީ ޝައުނާއެވެ. ޝައުނާ މަގާމާ ހަވާލުވުމާއެކު އަނެއްކާވެސް އިންޓަނެޓް އަގުހެޔޮ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމުގެ ވާހަކަތަކެެއް ވަނީ ދެކެވެން ފަށާފައެވެ.

މިއާއެކު އޮޕަރޭޓަރުންނާއެކު އެއްބަސްވުމަކަށް އައިސް ހެޔޮކުރި އަގުތައް އިއުލާނުކުރަން ސަރުކާރުން ވަނީ ތައްޔާރުވާން ފަށާފައެވެ. އެގޮތުން އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ ބަދަލެއްގެ ގޮތުން އޮޕަރޭޓަރުންނަށް ބައެއް ލުއިތައް ދޭން ވެސް ވަނީ ހުށަހަޅާފަ އެވެ. އެ ލުއިތަކުގެ ތެރޭގައި ރަށްރަށުން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ބިންތަކުގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ.

އިންޓަނެޓުގެ ހިދުމަތުގެ އާ އަގުތައް އިއުލާންކުރަން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް އިދާރީ ބައެއް ސަބަބުތަކާ ހެދި މިއަދަށް އެ ރަސްމިއްޔާތު ލަސްކުރީ އެވެ. މިއަދަށް ކަނޑައެޅި ވަގުތު ހަމަވިއިރު ވެސް އިންޓަނެޓުގެ އާ އަގުތައް އިއުލާން ނުކޮށް ލަސްވާތީ މީޑިއާ އިން ސުވާލު ކުރަން ފެށުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި އާ ދުވަސް ރަސްމީކޮށް ވަނީ އިއުލާން ކޮށްފަ އެވެ. މަބްރޫކް ވިދާޅުވީ އިންޓަނެޓް ހިދުމަތާ ގުޅޭ ސަރުކާރުގެ އާ ސިޔާސަތު އިއުލާނުކުރުން އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށް ބަދަލު ގެންނަން އެއްބަސްވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މިހާރު ތިބި އޮޕަރޭޓަރުންގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށެވެ. އަދި މި މުއްދަތަށް ފަހު އަލުން އަގުތައް މުރާޖައާ ކުރުމަކީ ސަރުކާރާއި އޮޕަރޭޓަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމަށް ވެ އެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ. މިއީ ފިކްސް ބްރޯޑްބޭންޑަށް އެކަނި ކަނޑައަޅާ ގޮތެވެ.

ކޮންމެއަކަސް ރައްޔިތުން މިތިބީ އަގުގެ އިންތިޒާރުގައެވެ. އިންޓަނެޓްގެ އަގު ހެޔޮވާނެ ވަގުތަކަށެވެ. މާދަމާވިޔަސް އެންމެ ރަނގަޅެވެ. އެކަމު މިކަން އިބިލީހުގެ ކައިވެންޏަށް ވެއްޖެނަމަ ވަރަށް ދެރައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: