އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ހަސަން ޒަކަރިއްޔާ އައްޔަން ކޮށްފި އެވެ.
އީސީން މިއަދު ބުނީ، އެސްޖީގެ މަގާމަށް ހަސަން ޒަކަރިއްޔާ އައްޔަން ކުރަން އެ ކޮމިޝަނުން ނިންމީ މިއަަދު ކަމަށެވެ.
އެސްޖީގެ މަގާމަށް އައްޔަން ކުރި ހަސަން ޒަކަރިއްޔާ މިއަދާ ހަމައަށް މަސައްކަތް ކުރައްވަމުން ގެންދެވީ އިލެކްޝަންސް ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައި މިވަނީ އެ މަގާމު ހުސްވެފައި އޮންނަތާ ތިން އަހަރު ފަހުންނެވެ. ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެޑިޔުކޭޝަން މިނިސްޓްރީގެ މިހާރުގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އެވެ.

