ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކުއަރީ އަށް އިލިޔާސް ލަބީބް ހާޒިރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ހުޅުދޫ ދާއިރާގެ މެމްމަބަރު އިލިޔާސް ލަބީބް ބަޔާން ދީފިއެވެ.

މަޖިލީހުގެ 241 ކޮމިޓީން ޕާލިމެންޓަރީ އިންކުއަރީ ކުރިއަށް ގެންދާއިރު އިލިޔާސް ލަބީބަކީ އެކޮމިޓީގައި ހިމެނިވަޑައިގެންނެވި މެމްބަރެކެވެ.

އިލިޔާޒް ލަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ ހަފްތާގައި ކޮމިޓީގެ މެމްބަރު ކަމުން ވަކިވެފައިވާކަމަށެވެ. އަދި މިއަދު އިންކުއަރީއަށް ބަޔާނެއް ދީފައިވާކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެފަދަ ހަމަލާއެއް ދޭން އުޅޭ ކަން އިލްޔާސް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ގެންނަވާފަ އެވެ. އަދި ފަހުން އެކަމާ ގުޅޭ ބަޔާނެއް 241 ކޮމެޓީއަށް ދީފައިވާ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި އެމްއެމްއޭގެ އިސްވެރިން މީގެ ކުރިން ވަނީ ހާޒިރުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: