ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޖާބިރު ހެޕީ ކްލަބް“ މާދަމާ ހުޅުވަނީ، ދިވެހިންނަށް ހިލޭ ދެވޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޑްރީމް ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މާދަމާ ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ޖާބިރު ވިދާޅުވީ، ”ޖާބިރު ހެޕީ ކްލަބް“އަކީ ތަހުޒީބުކޮށް މީހުންނަށް ޗުއްޓީ ހޭދަ ކުރެވޭ ގޮތަށް އެ ފެންވަރުގައި ތަރައްގީ ކޮށްފައިވާ ތަނެއް ކަމަށެވެ.

ޖާބިރުގެ ހެޕީ ކުލަބް ތަރައްގީ ކޮށްފައިވަނީ ވ. ބޮޑު މޮހޮރާގަ އެވެ.

މި ފަދަ ބޮޑު ޕެންޑެމިކެއް ތެރޭގައި ދިވެހި ރައްޔިތުންނަށް އެއްވެސް ފީއެއް ނެގުމަކާނުލައި ހެޕީ ކުލަބަށް ދެވޭނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

”މިފަދަ ބޮޑު ޕެންޑެމިކެއް ދާއިރު ދިވެހި ރާއްޖޭގެ ރައްޔިތުން ދަތުރުގޮސްލައި މަޖާކޮށްލާނެ ރަށެއްވެސް ނެތް. އެހެން ކަމުން ބޮޑު މޮހޮރާ ޑިވެލޮޕްމަންޓު ޕްރައިވެޓް ލިމިޓެޑުން ހުރިހާ ދިވެހި ރައްޔިތުންނަށް އާދެވޭ ގޮތަށް އެއްވެސް ފީއެއް ނެގުމަކާ ނުލައި އާދެވޭ ގޮތަށް ހުރިހާ ހިދުމަތެއް ހުންނަ ގޮތަށް އެކެއް ޖުލައި އިން ފެށިގެން ބޮޑު މޮހޮރާ ހުޅުވިފަ އޮންނަ ވާހަކަ ދަންނަވާލަން. ޖާބިރުގެ ހެޕީ ކުލަބުން ހުރިހާ ދިވެހި ރައްޔިތުންނަށް މަރުހަބާ ކިޔާނެ.“ އޭނާ ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ހެޕީ ކްލަބަށް ހުރިހާ ރައްޔިތުންނަށްވެސް މަރުހަބާ ކިޔާނެކަމަށާއި، ހެޕީ ކުލަބަށް ދާން ބޭނުންވާ ފަރާތްތައް އެތަނަށް ދިއުމަށް ހަމަޖެހިފައިވާ އުސޫލުތައް އެތަނުގެ މެނޭޖްމަންޓުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: