ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފީރުންގެ އަބުރަށް ގެއްލުންވާހެން މީޑިއާތަކުން ހަބަރު ލިޔާތީ ފޮރިން މިނިސްޓްރީގެ ކަންބޮޑުވުން!

ފޮރިން މިނިސްޓްރު އަބްދުﷲ ޝާހިދުއާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގްވާމީ މުޢާހަދާތަކުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް، އަދި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުން ހަބަރުތަކާއި ރިޕޯޓު ގެނެސްދޭން ފޮރިން މިނިސްޓްރީން ނޫސްވެރިންނަށް ގޮވާލައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދުގެ ވަގުތެއްގައި މި ބަޔާން އާއްމުކުރީ، ރާއްޖޭގެ މީޑިއާތަކުން އިންޑިއާގެ ހައިކޮމިޝަނާއި ދެކޮޅަށް ހަބަރުތައް ގެނެސްދޭކަމަށް ބުނެ އެ ކޮމިޝަނުން މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވާފައިވާ ދަނޑިވަޅެއްގަ އެވެ.ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ގެއްލުންވާހެން ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި، ސޯޝަލް މީޑިއާގައި އަމާޒު ކުރާކަމަށް ބުނެ، އެކަން ހުއްޓުވައި ފިޔަވަޅު އަޅައިދޭން ހައިކޮމިޝަނުން ސިޓީގައި އެދިފައިވާ މައްސަލައެއް ފެންމަތިވީ މީގެ ދެ ދުވަސް ކުރިންނެވެ.

ފޮރިން މިނިސްޓްރީން އާއްމުކުރި ބަޔާނެއްގައި ބުނީ، ފަހަކަށް އައިސް، ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ދޮގު ހަބަރުތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ޝާއިއު ކުރަމުން ގެންދާ ކަމަށެވެ.

އަދި މިފަދަ ކަންތައްތަކަކީ، ދިވެހިރާއްޖެއާއި ބޭރުގެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ރާއްޖެއާއި އެހެން ގައުމުތަކާއި މެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭނެ ސަބަބެއްގެ ގޮތުގައި މިނިސްޓްރީން ދެކޭ ކަމަށެވެ. މީޑިއާތަކުން ރިޕޯޓު ކުރާ ހަބަރުތަކާއި ރިޕޯޓުތަކުގެ ސަބަބުން، އެ އަމާޒުވާ ބޭރުގެ ޑިޕްލޮމަންޓުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސް އެޅެމުންދާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ދޭދޭ ގައުމުތަކުގެ ދެމެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާއި އެ ޑިޕްލޮމަޓުންނަށް ލިބެންޖެހޭ ހިމަޔާތާއި ރައްކާތެރިކަމާއި ހާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުސޫލުތަކެއް ”ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961“ ގައި ކަނޑައެޅިފައިވާއިރު، އެކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނެފައިވަނީ ”ރިސީވިންގ ސްޓޭޓް“ ގެ ހައިސިއްޔަތުން، ރާއްޖޭއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި، ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން އެކި އެކި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ނުވާނޭހެން، އަދި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން މީޑިއާތަކުން މަސައްކަތް ކުރުމަށް ފޮރިން މިނިސްޓްރީން ގޮވާލި އެވެ.

މި މަހުގެ 30 ގައި ސޯޝަލް މީޑިއާގައި އާއްމުވި އެ ސިޓީގައި ވިއެނާ ކޮންވެންޝައާއި ޚިލާފަށް އަމަލް ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް، ބައިނަލް އަގުވާމީ ގާނޫނުތަކާއިއި އަދި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅައިދޭން އެމްބަސީއިން ދިވެހި ސަރުކާރުގެ ކިބައިން އެދިފައި ވެއެވެ. ފޮރިންގ މިނިސްޓްރީއަށް މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންއިން ފޮނުވި ޝަކުވާގެ ސިޓީގައި ވާގޮތުން، ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއު ކޮށްފައިވާ އާޓިކަލްތަކާއި އަދި ސޯޝަލް މީޑިއާގެ ބައެއް ޕޯސްޓުތައް އަމާޒު ކޮށްފައިވަނީ، ހައިކޮމިޝަންގެ ޑިޕްލޮމެޓިކް މުވައްޒަފުންނާއި ޒާތީގޮތުން ދިމާ ކުރުމުގެ މަގުސަދުގަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: