ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރީން އިންޑިއާއާ ގުޅޭގޮތުން ދައްކާ ފިތުނަވެރި ވާހަކަތައް ހުއްޓުވަން ޖެހޭ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ވާދަވެރީން އިންޑިއާއާ ގުޅޭ ގޮތުން ދައްކާ ފިތުނަވެރި ވާހަކަތައް ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދޭން އިންޑިއަން ހައި ކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ވަނީ އެދިފައެވެ.

މި މައްސަލާގައި ރައީސް ނަޝީދުގެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާ ގުޅޭ ގޮތުން އަޅުގަނޑުމެން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށެވެ.

”ސަރުކާރާއި އެމްޑީޕީގެ ވާދަވެރީން އިންޑިއާއާ ގުޅޭ ގޮތުން ދައްކާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓުވަން ޖެހޭ.“ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ ހަފްތާގައި ފޮނުވި ސިޓީއެއްގައި ބުނީ ހައިކޮމިޝަނުގެ އިސްވެރިންނާއި، މެމްބަރުންނާއި އަދި ޑިޕްލޮމެޓިކް ސްޓާފުންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ލިޔުންތަކާއި ސޯޝަލް މީޑިއާތަކުގައި ޕޯސްޓުތަކެއް ކޮށްފައިވާކަން ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

އަދި މިފަދަ ކަންކަމަކީ އެ ފަރާތްތަކުގެ އަގުވައްޓާލުމުގެ ނިޔަތުގައި ކޮށްފައިވާ، ވަރަށް ބޮޑަށް ޒާތީ ގޮތުން ކޮށްފައިވާ ކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: