ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ބައެއް ސަރަހައްދުން މާދަމާ ކަރަންޓު ކަނޑާނެ: ސްޓެލްކޯ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާ ހެނދުނުގެ ވަގުތެއްގައި މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ އާއި ހުޅުމާލެ އަދި ހުޅުލެ، ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލަން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރަން މާދަމާ ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ. ކަރަންޓު ކަނޑާނީ މާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ނެވެ.

ސްޓެލްކޯއިން ބުނީ އެ މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ކަނޑާ ހިސާބުތަކަށް އަލުން ހިދުމަތް ދޭނެ ކަމަށާއި އެ މަސައްކަތަކީ އިންޓަކަނެކްޝަން ޕްރޮޖެކްޓްގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމާ، މާލޭގެ ސިސްޓަމާއި ގުޅާލުމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: