ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން އައިސްފައިވަނީ އދ. ކުނބުރުދޫ، ފެހިގެ، އަޙްމަދު ނައުފަލް (26އ) އެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދިޔަ ނައުފަލް މިއަދު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް ނައުފަލްގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން އިއްޔެ ވަނީ އާންމުންގެ އެހީ އަށް ވެސް އެދިފައެވެ.

