ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖުގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބުރިޖުން ދަތުރު ކުރި ސައިކަލެއް އެކްސިޑެންޓްވެ ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ބުރިޖުގެ ހުޅުލޭ ޓްރެފިކް ލައިޓް ކައިރީގައި ދެސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 00:45 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިއެކްސިޑެންޓްގައި ސައިކަލް ދުއްވި ދެމީހުންނަށް އަނިޔާވެފައިވާއިރު އަނިޔާވި އެކަކު ޓްރީޓޮޕް ހޮސްޕިޓަލަށް އަދި އަނެއް މީހާ ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި އެއްސައިކަލް ދުއްވީ 31 އަަހަރުގެ މީހެކަމަށާއި އޭނާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. ދެވަނަ މީހަކީ 24 އަހަރުގެ މީހެކެވެ. އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ އެތަނުން އެއްސައިކަލް ލައިޓަށް މަޑުނުކޮށް ދިއުމުން ހުޅުމާލެ އިން އެއާޕޯޓަށް ދިޔަ ސައިކަލެއްގައި ޖެހިގެންކަން ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓްވި ދެސައިކަލް ވެސް ފުލުހުން މިހާރު ވަނީ ޓޯ ކޮށްފައެވެ. ފުލުހުން ބުނީ މިމައްސަލަ ފުލުހުން އިތުރަށް ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: