ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާމިނު ކުރެވޭ ގޮތް ނޭނގެނީ ދަށު ކޯޓުގެ އެންމެ ފަނޑިޔާރަކަށް: ޕީޖީ

ޕީޖީ ހުސެން ޝަމީޟް: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުގައި ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮންނަ ކަމަށެވެ. ނަމަވެސް އެނޫން ގޮތްގޮތަށް މައްސަލަ ނިންމާތީ ދެން ޖެހެނީ ހައިކޯޓަށް ދާން ކަމަށެވެ.

ޖާމިނުވުމުގެ މަފްހޫމް ތަފާތު ދެ މައްސަލައެއްގައި ފަނޑިޔާރަށް ކިޔައިދެވޭތޯ ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް ގާނޫނުގައި އެކަން ވަރަށް ސާފުކޮށް އޮތް ނަމަވެސް އަދި ކާމިޔާބުވާ ގޮތް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

”ޤާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމީމާ، އަޅުގަނޑުމެން ޖެހެނީ ހައިކޯޓަށް ދާށެވެ. ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެއެވެ.” ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވެ ފާޑުވިދާޅުވެފައި މިވަނީ އިއްޔެ ކްރިމިނަލް ކޯޓުން ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ދޫކޮށްލި މައްސަލައާއި ގުޅިގެންނެވެ.

އައްމަޓީގެ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ގާޒީ ހަސަން ސައީދު ނިންމެވީ ޝަރުތުތަކަކާއެކު އެވެ. އެގޮތުން ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ނުދިއުމާއި، ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާ މުއާމަލާތް ނުކުރުމަށް ވަނީ ޝަރުތުކޮށްފަ އެވެ. އަދި ކޮންމެ ދުވަހަކު ފުލުހަށް ހާޒިރު ވެ ސޮއިކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: