ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައި ވަނީ 44 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. ހުޅުމާލޭ ކޮވިޑް ފެލިސިޓީގައި ފަރުދާ ދެމުން އައި މި އަންހެން މީހާ މަރުވެފައި ވަނީ ރޭ މެންދަމު 03:15ގަ އެވެ.
މިއަދުގެ މަރާއެކު ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 240 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 223 ދިވެހީންނާއި 17 ބިދޭސީންނެވެ.

