ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު މިކުރެއްވީ އެއްވެސް ސަރުކާރަކަށް ނުކުރެވި އޮތްކަމެއް: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިމަމް ވޭޖުގެ މަސައްކަތަކީ އެއްވެސް ސަރުކާރަކަށް ނުކުރެވި އޮތްކަމެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިކުރެއްވީ އެއްވެސް ސަރުކާރަކަށް ނުކުރެވި އޮތް ކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ކަނޑައަޅައި އެކަން އިއުލާންކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިއަދު މިކަން ތައާރަފްވާއިރުވެސް ހަގީގަތުގައި މިކަން ވާނެކަމާއިިމެދު އާންމުން ސުވާލު އުފައްދާނެކަން އެނގިލައްވާކަމަށެވެ.

މިނިމަމް ވޭޖުގެ ބޯޑުގެ މަސައްކަތްތައް ރަނގަޅުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ބޯޑުން ނިންމާފައިވަނީ ރަނގަޅު ނިންމުންތަކެއް ކަމަށެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތާއި ބަލައި، އެކަށީގެންވާ ގޮތަކަށް އަދަދުތައް ކަނޑައަޅާފައިވާނެކަމަށް ވިދާޅުވިއެވެ. މިއަދު އިގްތިސާދު އޮތް ހާލަތަށް ބަލައި ވަޒީފާ އަދާކުރާ މީހުންގެ އުޖޫރައަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: