ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބަސްވުންތައް ހާމަކުރުމަކީ ދިވެހީންނަށް ލިބުނު ކާމިޔާބީއެއް: އިދިކޮޅު

އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން އެންމެ ފަހުން ބޭއްވި ބޮޑު ހިނގަލުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއާއެކު މި ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަކީ ދިވެހީންނާއި އެ ކޯލިޝަނަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އިދިކޮޅުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދިވެހި ރައްޔިތުން ސަރުކާރާއި ވެރިކަން ހަވާލުކޮށްފައިވަނީ އެއްވެސް ހާލެއްގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލައި ބޭރު ބައެއްގެ ފައިބުޑަށް ވެއްޓި ސަލާންޖަހާ ހިސާބަށް މި ގައުމު ގެންދަން ނޫން ކަމަަށެވެ. އަދި އޭގެ ބަދަލުގައި ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް އިސްލާމް ދީނުގެ ހިދާޔަތުގައި ތިބެ ގައުމު ތަރައްގީ ކުރުމަށް ކަމަށެވެ.

އެހެންނަމަވެސް ފެންނަމުންދާ މަންޒަރަކީ ގައުމު ތަރައްގީ ކުރުމުގެ ބަދަލުގައި ގައުމުގެ ހަރުމުދާ ވިއްކާ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އެހެން ބައެއްގެ އަތްދަށަށް ފުރޮޅާލާ ތަންކަމަށް އިދކޮޅުން ބުނެއެވެ.

”އެއްބަސްވުންތަކުން މިހާތަނަށް ހާމަވެފައިވާ މައުލޫމާތުތައްވެސް ހާމަވެފައިވަނީ، މިހާތަނަށް ދިވެހިރައްޔިތުންނާއި ގުޅިގެން މިކޯލިޝަނުން ސަރުކާރަށް ކުރަމުން ގެންދާ ޕްރެޝަރުތަކާ ހެދިކަމަށް ވާތީ އެއީވެސް ދިވެހި ރައްޔިތުން ކުރަމުން ގެންދާ މަސައްކަތަށް ލިބުނު އިތުރު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރަމެވެ. އަދި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ދިވެހީން ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށާއި، އެ މަސައްކަތަށް އަވަސް ކާމިޔާބީއެއް ލިބޭނެކަމުގެ އުންމީދުތައް އިތުރުވެފައިވާކަންވެސް ފާހަގަ ކުރަމެވެ.“ އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ ކަަމަށް ބުނެ އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް އެތައް ދުވަހެއް ވަންދެން ސިއްރުކުރުމަށް ފަހު މިދިޔަ ހުކުރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އެ އެއްބަސްވުންތައް ވަނީ ހާމަކޮށްފަ އެވެ.

އިދިކޮޅުން ބުނީ ހިއްސާކޮށްފައިވާ އެއްބަސްވުންތަކުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާނެ އެތައްކަމެއް ހުރިކަމުގެ މަޢުލޫމާތުތައް އެނގިގެން ހިގައްޖެ ކަމަށެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 17%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: