ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސާރާ ދީން ޕްރޮމޯޓްކުރާ ލަވައެއް ޖެހުނީތީ ކްލިކް ކޮލެޖުން މާފަށް އެދެފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ކްލިކް ކޮލެޖުން އިއްޔެ ބޭއްވި އިވެންޓެއްގައި ނަސާރާ ދީން ޕްރޮމޯޓްކުރާ ލަވައެއް ޖެހުނީތީ އެ ކޮލެޖުން މާފަށް އެދެފިއެވެ.

ކްލިކް ކޮލެޖްސް ސަޕޯޓް އެންޑް އެކްސަސައިޒް ދަރިވަރުންގެ ފަރާތުން ކުރިއަށްގެންދިޔަ ކިޑްސް ސްޕޯޓްސް ފެސްޓިވަލުގައި ނަސާރާ ދީން ޕްރޮމޯޓުކޮށް، ލަވަ ޖަހަމުން ދިޔަ ވީޑިއޯތައް ސޯޝަލް މީޑީއާގައި ވަނީ އާންމުވެފައެވެ.

މިކަމާ ގުޅިގެން ކްލިކް ކޮލެޖުންވަނީ ހަރަކާތުގައި ނަސާރާ ދީނުގެ ލަވަ ޖެހީ، ގަސްތުގައި ނޫންކަމަށް ބުނެފައެވެ. އަދި އެކަމަށް މާފަށް އެދޭކަމަށެވެ.

މީގެއިތުރުން، އެ ކޮލެޖުން ބުނީ، އެ ލަވަ ޖެހުނުކަން އެނގުމާއެކު އިވެންޓްގެ ސައުންޑާ ހަވާލުވެގެން ތިބި ފަރާތުން އެ ލަވަ ބަދަލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހަޅާފައެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 10%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: