ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ ދާއިރާގައި ފުޓްސަލް ދަނޑު އިފްތިތާހު ކުރަނީ އިންތިހާބާއި ދިމާކޮށެއް ނޫން: މަހުލޫފް

އެމްޓީސީސީން ބޭއްވި ހަވަރު ޔޫތް ކަޕްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރަން ސަރުކާރުން ނިންމީ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ނޫންކަމަށް ޔޫތު އެންޑް ސްޕޯޓްސް މިިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ފުޓްބޯޅަ ދަނޑުގެ މައްސަލައިގައި ފާޑުކިއުންތައް އަމާޒުވާތީ މަހުލޫފު ވިދާޅުވީ، ކޮމަންޑޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތަކީ 2021 ގެ މެއި މަހުގެ 05 ގައި އިއުލާނުކޮށްފައިވާ މަޝްރޫއުއެއް ކަމަށެވެ. އިއުލާނު ކޮށްފައިވާނެ ކަމަށެވެ. އަދި އެ މަޝްރޫއުއާ ގުޅޭ ގޮތުން މިދިޔަ ނޮވެމްބަރު މަހު ކޮމަންޑޫ ކައުންސިލާއި މަޝްވަރާކޮށް، ދަނޑުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ވާހަކަ ދެއްކެވިފައިވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމަށް ވިސްނާފައި ނުވާކަމަަށެވެ. އެހެންކަމުން އެ ރަށުގައި އެޅުމަށް ނިންމި ފުޓްސަލް ދަނޑު އުންމީދު ކުރިވަރަށް ވުރެ އަވަހަށް ނިންމާލެވުމަކީ ލިބޭ އުފަލެއްގެ ގޮތުގައި މަހުލޫފް ފާހަގަ ކުރެއްވި އެވެ.

ކޮމަންޑޫގެ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ހަތަރު މަހުން ނިންމައި ގޮތަށް އެމްޓީސީސީ އާއެވެ. މަސައްކަތް ވީހާވެސް އަވަހަށް ނިންމާލާފައި ވާތީ މަހުލޫފް ވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަށާއި، ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން މިއަދު ށ. މަރޮށީގައި ހުޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަރައްގީ ކުރެވި ފުޓްސަލް ދަނޑެއްކަމަށް މީޑިއާއަކުން ރިޕޯޓު ކުރުމުން މަހުލޫފް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. އެ ނޫހުގައިވާ ގޮތުން މަރޮށީގައި ހުޅުވި ދަނޑަކީ 2018 ގައި ރައީސް ޔާމީންގެ ސަރުކާރުން ހަތް ލައްކަ ރުފިޔާ ހަރަދުކޮށް ފެށި މަޝްރޫއުއެއްކެވެ. ނަމަވެސް އެ މަސައްކަތް ނިމުނުތާ ދުވަސްތަކެއް ފަހުން މަހުލޫފް ވަޑައިގެން ދަނޑު ހުޅުވައިދެއްވީކަމަށް ބުނުމުން މަހުލޫފް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މަހުލޫފް ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަަސައްކަތެއް ކަމަށެވެ.

ކޮމަންޑޫގެ ބައި އިލެކްޝަނަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް އަންނަ ހުކުރު ދުވަހު ދެ ކޮމަންޑޫ ބްރިޖަކުން ގުޅުވާލުމުގެ މަޝްރޫއު ފެށުމާއި ފޯކައިދޫގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފަ އެވެ. އަދި އެ އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނު ކުރައްވާފަ އެވެ. ބަޖެޓުގައި ނުހިމެނޭ އެތައް މަޝްރޫއުތަކެއް ދާއިރާއަށް ރައީސް އިއުލާނު ކުރެއްވުމުން، މިއީ އިންތިހާބަށް ނުފޫޒު ފޯރުވުންކަން ގިނަ މެމްބަރުން ފާހަގަ ކުރެއްވި އެވެ.

އިދިކޮޅުގެ މެމްބަރުންގެ ފަރާތުން މި ޝަކުވާތައް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން ބުނީ މެނިފެސްޓޯއެއްގެ ދަށުން ވައުދުވީކަމެއް ފުއްދުން އެއީ މައްސަލައެއް ނޫންކަމަށެވެ. އަދި އެ މައްސަލައިގައި އީސީއަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: