ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓް ކެނޑުނު ބައެއް ފްލެޓްތަކަށް ކަރަންޓް ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލެއް ކަނޑައިގެން ގޮސް ހިޔާ ފަލްޓެތަކުން ކަރަންޓް ކެނޑުމަށްފަހު ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް އެސަރަޙައްދު ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިފައިވާކަމަށެވެ.

އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ސްޓެލްކޯއިން ބުނެފައެވެ. ސްޓެލްކޯއިން ވަނީ މިކަމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.

އަދި މިހާރު ހިޔާ ފްލެޓް ތަކުގެ ތެރެއިން H8,H7,H6.H5.H4.H3.H2,H1 ފިޔަވާ އެހެން ފްލެޓްތަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށާއި، ބާކީ ހުރި ފްލެޓްތަކަށް ވީހާވެސް އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ސްޓެލްކޯއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: