ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2009 ގެ ފަހުން ކޮންމެ މެނިފެސްޓޯއެއްގައި ވެސް ދެ ކޮމަންޑޫ ގުޅުވާލަން ވައުދުވެފައި އޮންނާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ ވާހަކަ އެމްޑީޕީން ދެއްކީ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ނޫންކަމަށާއި، އެއީ އެމްޑީޕީގެ އެންމެ ފުރަތަމަ މެނިފެސްޓޯގައި ވެސް ހިމެނޭ މަޝްރޫއުއެއްކަމަށް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ މަހުގެ ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމަށް ބުނެ އާއްމުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ދައުލަތުގެ ވެރިންނާއި، އަދި ސަރުކާރުންގެ ވަޒީރުން އަދި މަޖިލީހުގެ މެމްބަރުން ހިމެނޭހެން ބޮޑެތި ޓީމުތައް ކޮމަންޑޫގައި ކެމްޕެެއިން ކުރައްވަމުން ގެންދަވާއިރު ދާއިރާއަށް އަމާޒުކޮށް ގިނަ މަޝްރޫއުތައް ހިންގާނެކަން ސަރުކާރުން ވަނީ އިއުލާނު ކުރައްވާފަ އެވެ.

ކޮމަންޑޫގައި އަލަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ކެމްޕެއިން ލޯންޗިން ޖަލްސާގައި ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ރަސްމީކޮށް އިއުލާނު ކުރުމެވެ. އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮމަންޑޫ ރައްޔިތުންގެ އެންމެ ބޮޑު ހުށަހެޅުމަކީ މަތި ކޮމަންޑޫ އާއި ބްރިޖަކުން ގުޅުވާލުން ކަމަށެވެ. އެހެން ކަމުން އެ މަސައްކަތް ފައްޓަވާނެކަން ރައީސް ހާމަ ކުރެއްވިތާ ހަފްތާއެއްގެ ތެރޭގައި މަސައްކަތް ރަސްމީކޮށް ފެށި އެވެ.

ތުހުމަތުތައް ކުރެވޭ ގޮތުގައި މަޝްރޫއު ފެށުމުގެ ކުރިން ހަދަން ޖެހޭ އެންވަޔަރަމަންޓަލް އިންފެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ބޮޑެތި އޮޅުވާލުންތަކެއް ހިމެނެ އެވެ.

ފާޑުކިއުންތަކަށް ރައްދު ދެއްވައި ޕާޓީން ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝިދު ވިދާޅުވީ ދެ ކޮމަންޑޫ ގުޅުވާލަން ވާހަކަ ދެއްކެވީ އިންތިހާބާއި ދިމާކޮށް ނޫން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ވެސް އެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ވައުދުވެފައި އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ 2009 ގައި އެމަނިކުފާނުގެ ވެރިކަމުގައި ޑެންމާކަށް ކުރި ދަތުރުގައި ދެކެވުނު ވާހަކައެއްކަމަށެވެ. އޭރު އެ ގައުމުގެ ސަރުކާރުން ކޮމަންޑޫ ވަށައި ތޮށިލައި ދެ ކޮމަންޑޫ ގުޅުވާލުމަށް އެއްބަސްވިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”ނަސީބު ދިމާކުރި ގޮތުން ޑެންމާކުގެ މިނިސްޓަރަކާއި އެކުގައި އަޅުގަނޑަށް ކޯސްޓުގާޑު ބޯޓެއްގައި ކޮމަންޑޫއަށް އާދެވިއްޖެ…. ޑެންމާކު ސަރުކާރުން އެއްބަސްވި މި ކޮމަންޑޫ ވަށައި ތޮށި ލުމަށާއި އަދި، މި ދެ ކޮމަންޑޫ ގުޅުމަށް.. އެއިރުއްސުރެ އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި އަަޅުގަނޑުމެން އެބަ މި ވާހަކަ ހިމަނަން“ ރައީސް ނަޝިދު

ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެޖެންޑާ 19 ގެ ވައުދުތަކުގެ ބޮޑު އިންސައްތައެއް ފުރިހަމަ ކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ކޮމަންޑޫގައި މަސް ޕްރޮސެސް ކުރުމުގެ ވައުދެއް ވެސް އެމްޑީޕީން ވެފައި އޮންނާނެކަން ފާހަގަ ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަ އަގު ހޯދައި ދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެވެސް ފުރިހަމަ ކުރާނެ ވައުދެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބައެއް ވައުދުތައް ފުއްދުމުގައި ކުޑަ ލަސްވުމެއް އައުން އެއީ، އެ މަޝްރޫއުއެއް ކުރިޔަށް ނުގެންދިއުމަށް ނިންމުން ނުވަތަ ހަނދާނުން ކައްސާލުންގެ ގޮތުގައި ބުނެވޭނެ ޖާގައެއް ނެތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ކޮމަންޑޫއަށް ވީ ވައުދުތައް ހަނދާން ނައްތާ ނުލާނެ ކަމަށެވެ.

ދެ ކޮމަންޑޫ ގުޅުވާލުމަށް އެމްޑީޕީން މީގެ ކުރީން ވައުދުވީކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެފަދަ ވާހަކައެއް މީގެ ކުރިން ދެކެވިފައި ނުވެ އެވެ. އަދި 249 މިލިއަން ހަރަދުކޮށްގެން ދެ ކޮމަންޑޫ ގުޅުވާލުމަށް ހިންގާ މަޝްރޫއު ބަޖެޓުގައި ހިމަނާފައި ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: