ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި ހިންގާފައިވާ ކުށްތައް ތަހުގީގު ކުރުމުގެ އަމުރަކަށް އެދިއްޖެ

ރިޔާސީ އިންތިހާބާއި ކުރިމަތިލެއްވި ރައީސް ޔާމީނާއި ރަނިންމޭޓް ޑރ ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ވަކިވަކި ފަރާތްތަކުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށްތައް ފާހަގަކޮށް އެކުށްތައް ތަހުގީގު ކުރުމުގެ އަމުރެއް ނެރެ ދެއްވުމަށް ޕީޕީއެމްއިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ގެ އަރިހުގައި އެދިއްޖެ އެވެ.

އެ ޕާޓީން ރޭ ބުނީ އެ ގޮތަށް އެދުނީ ވަކިވަކި ފަރުދުން ހިންގާފައިވާ މައްސަލަތަކަކީ ޖިނާއީ މައްސަލަތަކަށް ވާތީވެ އެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ގާނޫނުން ލިބި ދެނީ ދިވެހި ފުލުހުންގެ ހިދުމަތަށް ކަމަށް ވެފައި އެ މުއައްސަސާއިން އެކަންކަން ތަހުގީގު ކުރުމުގައި ލަސްތަކެއް ހުރުމުން ނުވަތަ އެ މުއައްސަސާއަށް ހުށަހަޅާފައިވާ މައްސަލަތައް ބަލަމުން ދާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ ކަމަށެވެ.

ޕީޕީއެމް އިން ވަނީ ރިޔާސީ އިންތިހާބާގުޅޭ 25 ކަމެއް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގު ކޮށް ދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުގައި މީގެ ހަފްތާއެއްގެ ކުރިން އެދިފައެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެ މައްސަލަތައް ބެލުމުގައި އެއްވެސް ކަމެއް އެ މުއައްސަސާއިން ކޮށްފައިވާކަން އެނގެން ނެތް ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

”… އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ މަސްއޫލިއްޔަތު ތަކާއި ބާރު ތަކުގެ ތެރޭގައި، އެމާއްދާގެ (ޅ) ގައި ’ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މި ނޫން ގޮތަކުންވެސް މިފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެ ހިނދެއްގައި އެކަމެއް ތަހުގީގު ކުރުމުގެ އަމުރު ނެރުން ރަނގަޅު ކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުން‘ ހިމެނިފައިވާތީ ޕީޕީއެމުން ފުލުހަށް ހުށައަޅައި ތަހުގީގު ކުރިއަށް ނުދާ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމުގެ އަމުރެއް ނެރެދެއްވަން އެދުނީ،“ ޕީޕީއެމުން ބުންޏެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: