މިއަހަރުގެ ރިޔާސީ ބަޔާނުން ކަށަވަރުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙަކީ ކިތަންމެ ދަތި ޙާލަތެއްގައިވެސް ޤައުމާއެކު ކުރިއަށްދެވޭނެ ޤާބިލުކަންހުރި ލީޑަރެއްކަން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ބަޔާނުން ކަށަވަރުވިކަމަކީ ރައީސް ސާލިޙަކީ ކިތަންމެ ދަތި ޙާލަތެއްގައިވެސް ޤައުމާއެކު ކުރިއަށްދެވޭނެ ޤާބިލުކަންހުރި ލީޑަރެއްކަން ކަމަށެވެ.
”އިޤުތިޞާދީ ބޮޑު ތަދުކަމާއެކުވެސް ވޭތުވެދިޔަ ތިން އަހަރުގެ ކާމިޔާބާއި ކުރިއަށް އޮތް ދެ އަހަރުގެ އަމާޒާއެކު މިރާއްޖެ އާހަރުފަތަކަށް ގެންދެވޭނެ އިންޝާالله.” އިމްރާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް އާ އަހަރަށް ހުޅުވައި ދެއްވައި މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ބަޔާން އިއްވަވައި ދެއްވާފައެވެ. ރައީސް ރިޔާސީ ބަޔާން އިއްވަވާ ނިންމާލެއްވި އިރު ބަޔާން އިއްވުމަށް 56 މިނެޓް ރައީސް ބޭނުން ކުރެއްވި އެވެ. މިއަދު އިއްވެވި ބަޔާނީ ބަރުލަމާނީ ހަޔާތުގެ 54 ވަނަ ރިޔާސީ ބަޔާނެވެ. އަދި ރައީސް ސޯލިހުގެ ހަތަރުވަނަ ރިޔާސީ ބަޔާނެވެ.

