ރަޝިޔާއާއި ޔޫކްރެއިން އާއި ދެގައުމު ގުޅޭ ބޯޑަރު ކައިރި ތިބި ރަޝިޔާ ސިފައިން އެ ސަރަހައްދު ދޫކޮށް ދާން ފަށައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ރަޝިޔާ ސިފައިން ބޯޑަރު ދޫކޮށް ދަނީ އެގައުމުގެ ބޮޑުވަޒީރު ވަލްޑަމިއަރ ޕޫޓިންގެ އެންގެވުމުގެ މަތިން ކަމަށް ކަމުގައި ބެލެވެއެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ސްޕޯކްސްޕާސަން އިގޯރ ކޮނަޝެންކޮވް ހާމަކުރި ގޮތުގައި ރަޝިޔާ ސިފައިން ދެ ގައުމުގެ ބޯޑަރު ކައިރީ ކުރިއަށް ގެންގޮސްފައި ވަނީ ތަމްރީނުތަކެއްކަމަށާއި އަދި މިހާރު އެ ތަމްރީނުތައް ވަނީ ނިމިފަ އެވެ. އަދި އެސަރަހައްދަށް ޖަމާކުރެވިފައިވާ ވެހިކަލްތަކާއި މަތިންދާ ބޯޓުތައް އަނބުރާ ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ބުނެ އެވެ.
ދެކުނު އަދި ހުޅަނގުގެ އަސްކަރީ ޑިސްޓްރިކްޓްތަކުގެ ޔުނިޓްތައް، އެމީހުންގެ މަސައްކަތްތައް ނިމުމުން އެ ސަރަހައްދު ދޫކޮށް ދާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
މިއަދު އެމީހުން އެމީހުންގެ އަސްކަރީ މަރުކަޒުތަކަށް އަނބުރާ އަންނާނެ ކަމަށް އެގައުމުގެ ދާހިލީ ވުޒާރާގެ އިސް ތަރުޖަމާނު ރަޝިޔާގެ ނޫސް އޭޖެންސީތަކަށް ވިދާޅުވެފައި ވެއެވެ.
މިކަމާއި ގުޅޭގޮތުން ޔުކްރެއިންގެ އޮފިޝަލުން ބުނާގޮތުގައި އެމީހުން ތަބާވަނީ ދައްކާ ވާހަކައަށް ވުރެ ފެންނަ މަންޒަރަށް ކަމަށާއި އެގޮތުން ރަޝިޔާ ސިފައިން ބޯޑަރު ދޫކޮށްް ދިއުމުން ނޫނީ ހަނގުރާމަ ނުފަށާނެކަން ޔަގީން ނުކުރާނެ ކަމަށެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާރގް ހާމަކުރާ ގޮތުގައި ރަޝިޔާގެ ބޮޑުވަޒީރު ވަލްޑިމިއަރ ޕޫޓިންގ ހަނގުރާމަ ފިނި ކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް ހަތިޔާރު އެޅި ސިފައިން އެސަރަހައްދު ދޫކޮށް ދާ ކަމުގެ ނިޝާނެއް އަދި އޭނަ އަށް ފެނިފައި ނުވާ ކަމަށެވެ. އަދި ދޭދޭ ގައުމުގެ ދާހިލީ ކަންކަމުގައި މަޝްވަރާ އުސޫލުން ހައްލު ހޯދުމަށް ރަޝިޔާ އާއި އެކު ޔުކްރެއިން އަބަދުވެސް އޮތީ ތައްޔާރަށް ކަމުގައި އޭނާގެ ވާހަކައިގައި އިތުރަށް ވިދާޅުވިއެވެ.
ރަޝިޔާ އިން ބުނި ގޮތުގައި ހަމަލާ ދިނުމަށް މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް ޔޫކްރެއިން އަށް ހަމަލާއެއް ދޭން ކަމަށް ބުނެ އެގައުމުން ޕްރޮޕެގެންޑާ އެއް ރަޝިޔާ އާއި ދެކޮޅަށް ފެތުރީ ކަމުގައެވެ.
ފިނި ހަނގުރާމަ ނިމުނު ފަހުން ރަޝިއާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އެންމެ ގޯސް ވެފައިވާ މައްސަލަ މި ހަފުތާގައި އެންމެ މައްޗަށް ގޮސްފައި ވަނީ، ވެރިރަށް ކިޔީވް އަށް ހަމަލާއެއްދީ އިންގިލާބެއް އަތުވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ އޮފިޝަލުން ތަކެއް ދިން ތާ ދުވަސްތަކެއްގެ ތެރޭގައިކަންވެސް ފާހަގަކޮށްލެވެއެވެ.

