ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިސެބިލިޓީގެ ސަމިޓުގައި ޖެންޑަރ، މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިސެބިލިޓީގެ ސަމިޓުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދުދީދީ ބައިވެރިވެ ވަޑައިގެންފިއެވެ.

މި ސެމިޓްއަކީ އިންޓަނޭޝަނަލް ޑިސެބިލިޓީ އެލަޔަންސް އަދިނޯވޭގެ ސަރުކާރުން ގާނާގެ ސަރުކާރާއި ގުޅިގެން ބާއްވާފައިވާ ސެމިޓެކެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްގުތަކުގެ ބައިންލްއަޤުވާމީ މުޢާހަދާގައިވާ ކަންކަން އިތުރަށް ތަންފީޒް ކުރުމަކީ މި ސެމިޓްގެ މައިގަނޑު މަގުސަދު ކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަށް ކަށަވަރު ކުރުމަށްޓާކައި މަސައްކަތް ކުރެވި ކަމުގައި ވީނަމަވެސް މި މަސަކަތް އަމަލީ ސިފައެއްގައި އަދިި ކުރެވިފައި ނުވާތީ މިކަމަށް އަމަލީ ސިފައެއް ގެއްނެވުންވެސް މިއީ މި ސެމިޓްގެ އަމާޒެއްކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މި ސެމިޓްގައި ބައިވެރިވާ ފަރާތް ތަކުގެ ތެރެއިން 171 އެއް ފަރާތަކުން ޖުމްލަ 968 ވައުދުވެފައިވެއެވެ. މި ހުރިހާ ވައުދުތަކެއް ގުޅިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތައް ފޯރު ކޮށްދިނުމާއިއެވެ.

މިނިސްޓްރީގެ ފަރާތުން އާއިޝަތު މުހައްމަދު ދީދީވެސް ވަނީ ތިން ވައުދު ވެވަޑައިގެންފައެވެ. އެގޮތުން ނުކުޅެދުން ތެރިކަން ހުންނަ ކުނިންނަށްވެސް އެހެން ފަރުދުންނެކޭ އެއްގޮތަށް ރައްކާތެރިކަން ކަށްވަރު ކޮށްދިނުމަށާއި، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ހެދިފައިވާ މިކަމާއި ގުޅޭ ސްކީމްތަށް މިހާތަށް ވުރެ ފަސޭހަކަމާއެކު އެފަރާތަކަށް ވާސިލް ވެވޭނޭ ގޮތް ހަދައި ދިނުން ހިމެނެއެވެ.

ތިން ވަނަ ވައުދެއްގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިގުތިސާދީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭގޮތަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: