ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ރަށެއްގެ ސްކޫލުގައި ކްލާސް ރޫމް އެޅުމާއި ހޯލް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ރަށެއްގެ ސްކޫލުގައި ކްލާސް ރޫމް އެޅުމާއި ހޯލް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެގޮތުން ކ. ހިންމަފުށި ސްކޫލުގައި 4 ކްލާސްރޫމް އަދި ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް އެޑިޔުކޭޝަންގެ ފަރާތުން ހަވާލުކުރެއްވީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ފަރާތުން މި މަސައްކަތަށް ހުށައަޅުއްވާފައިވާ އަގަކީ ސޯޅަ މިލިއަން ހަތްލައްކަ ނުވަހާސް ދުވިސައްތަ ނުވަދިހަ ތިންރުފިޔާ ފަންސާސް ހަތްލާރި އެވެ. މި މަސައްކަތް 365 ދުވަސް ތެރޭގައި ނިންމާނޭ ކަމަށް އެކުންފުނީން ވަނީ އެއްބަސްވެފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުލަމް ރުޝްދީ އެވެ.

މީގެ އިތުރުން ބ. ކިހާދޫ ސްކޫލުގައި ދެ ކްލާސްރޫމް އިމާރާތްކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކުރެވުނީ މިދިޔައީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެޑިއުކޭޝަނުން ބުނީ އެ ފަރާތުން މި މަސައްކަތަށް ހުށައަޅުއްވާފައިވަނީ 2,074,555.06ރ (ދެމިލިއަން ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ ފަންސާސް ފަސް ރުފިޔާ ހަލާރި) އަށް 99 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: