”ނޭވާހޮޅިއަށް“ ނަމުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހައްޔަރުކޮށްފި އެވެ.
މެންބަރު ޣައްސާން އާއި ސައީދުގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިތުރު އާންމު މެމްބަރުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މުޒާހަރާގައި ބައިވެރިވާން އަންނަ މީހުން ހުއްޓުވާ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީން އިންތިޒާމު ކޮށްގެން ”ނޭވާހޮޅިއަށް“ މި ނަމުގައި ބާއްވަން ނިންމާފައިވާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވާނެ ކަމުގެ އިންޒާރު ބުދަ ދުވަހުން ފެށިގެން ފުލުހުން ދަނީ ދެމުންނެވެ.

