ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި މަރުވި ޔަމަންގެ ޔާސިރާއި އަމީނާއި ދެމެދު ގުޅުން އޮތް: ސިއްރު ހެކި

ޓެރަެރިޒަމްގެ ތުހުމަތުތަކެއްގައި ޝަރީއަތް ހިންގަމުން ދާ އަމީނާއި، ޓެރަރިޒަމްގެ ތުހުމަތުގައ ބަންދުގައި ހުއްޓައި މަރުވި ޔަމަންގެ ޔާސިރު ޔަހުޔާ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސީރިއަސް ތުހުމަތުތަކެއްގައި އެއްވެސް ޖަލު ހުކުމަކާއި ނުލައި ހައްޔަރުގައި ބަހައްޓާފައި ވަނިކޮށް މަރުވި ޔަމަންގެ ޔާސިރު ޔަހުޔާ އާއި ރާއްޖޭގެ އައިއެސް ޖަމާއަތުގެ އިސްވެރިޔާގެ ގޮތުގައި ތުހުމަތު ކުރާ ޏ. ފުވައްމުލައް، މާދަނޑު ކަރިއްޔާވިލާ މުހައްމަދު އަމީނާއި ދެމެދު ގުޅުން އޮތްކަމަށް ސިއްރު ހެކިވެރިއަކު ކޯޓުގައި ބުނެފި އެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވީ ކަމުގެ ތުހުމަތުތަކެއްކޮށް އަމީންގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ.

މީގެ ކުރިން އަމީނުގެ މައްޗަށް ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތުތަކެއް ކުރެވުނެވެ. އޭރު އޭނާ ބަންދުން ދޫކޮށްލުމުން ރާއްޖެއިން ބޭރުގައި އުޅެނިކޮށް އިންޓަޕޯލް ރެޑް ނޯޓިއެއްގެ ދަށުން ހައްޔަރުކޮށް ގެނަ އެވެ. އޭރު ވެސް ހައްޔަރުގައި ބަހައްޓައި ދޫކޮށްލުމުން ދެން ލަންކާގައި އުޅެނިކޮށް ދޫކޮށްލުމަށް ފަހު ހައްޔަރު ކުރީ ޓެރިޒަމްގެ އަމަލެއް ހިންގަން އުލޭ ކަމުގެ ތުހުމަތަށެވެ.

އަމީނަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ފުލުހުން ވަނީ އެ އިދާރާގައި ތެރަރިޒަމް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އޮފިސަރެއްގެ ބަސް ސިއްރު ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އޮފިސަރު ބުނީ ޓެރަރިޒަމްގެ ތުހުމަތުތަކެއްގައި އަމީނާއި ސުވާލުތަކެއް ވެސް ކުރެވިފައިވާނެކަަށާއި، އޭނާ އަކީ ހަރުކަށި ފިކުރު ފެތުރުމާއި އެކަމުގެ ތެރޭގައި ފުޅާގޮތެއްގައި ހަރަކާތްތެރިވާ މީހުންނާއި ގުޅުން ބާއްވާ މީހެއް ކަމަށެވެ.

އޮފިސަރު ބުނި ގޮތުގައި ދިވެހި އަންހެނަކާއި ކައިވެގެންކޮށްގެން އުޅުނު ޔަމަންގެ ޔާސިރާއި އަމީނާއި ދެމެދު ގުޅުން އޮތެވެ. އަދި އަމީން ދިިރިއުޅެމުން ދިޔަ ގެ ކައިރީގައި ޔާސިރު އުޅޭ މަންޒަރު ފެނުމާއި އެކު ދެ ފަހަރެއްގެ މަތީން އެ ދެ މީހުން ބަދަލު ކުރި ކަމަށެވެ. އަދި ޔާސިރަކީ ވެސް ހަރުކަށި ފިކުރުގެ މީހެއްގެ ގޮތުގައި ބުންޏެވެ.

ހެކި ބަހުގައި އޮފިސަރު ބުނާ ޔާސިރު މަރުވީ ހުޅުމާލޭގެ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ބަހައްޓާފައި ވަނިކޮށް އޭނާ ކުރި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްގެ ތެރެއިން ހާލަތު ގޯސްވެ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ.

ޔާސިރަކީ ޓޫރިސްޓު ވިސާއެއްގައި 2014 ގައި ރާއްޖެ އައި މީހެކެވެ. އަދި ހަމަ އެއަހަރު އޭނާ ދިވެއްސަކާއި ކައިވެނި ކުރިއިރު ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރެވޭތީ އޭރުން ފެށިގެން އޭނާގެ ހަރަކާތްތައް މޮނީޓާރ ކުރިކަމަށް ފުލުހުން ބުނެ އެވެ. ޔާސިރަށް ރާއްޖެއިން ފުރުމަށް ފުރުސަތު ނުދިންކަމަށް ބުނެ ދެކެވުނު ވާހަކަތަކައި، ޔާސިރު މަރުވުމުން ދެކެވުނު ވާހަކަތަކާއި ގުޅިގެން ފުލުހުން ބަޔާނެއް އާއްމު ކުރީ ޔާސިރު އަލްގައިދާ އާއި ގުޅުން ބާއްވައި އެ ޖަމިއްޔާއިން ހިންގި މަތީ ފެންވަރުގެ ތަމްރީނުތަކުގައި ވެސް ބައިވެރިވެފައިވާ ކަމަށެވެ.

މީގެ އިތުރަށް ދުނިޔޭގެ އެކި ކަންކޮޅުތަގައި އަލްގައިދާއިން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސްކުރުމުގެ އިތުރަށް ޓެރަރިޒްމްގެ މައްސަލަތަކުގައި ޝާމިލްވާ ދިވެހިންނާއި އޭނާ ގުޅުން ބަދަހިކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭނާއަކީ އޭނާ އުފަން ގައުމުގެ އިތުރުން އެހެން ގައުމުތަކުގައިވެސް ޓެރަރިޒްމާއި ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއްކަމަށް ބުންޏެވެ.

2017 ވަނަ އަހަރުން ފެށިގެން ބަންދުގައި ބެހެއްޓި ޔާސިރު މަރުވުމާއި ހަމައަށް އޭނާގެ މައްޗަށް އެއްވެސް ޝަރީއަތެއް ހިންގައި ދައުވާ އުފުލާފައި ނުވެ އެވެ. ޔާސިރަކީ އަރަބިއްޔާ ސްކޫލާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި އަރަބި ކިޔަވައިދޭ މުދައްރިސެއްގެ ގޮތުގައި އުޅުނު މީހެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: