ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބިދޭސީއަކަށް ހަމަލަދީ މަރާލައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ލިބިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލުން ބުނީ، އެ މީހާ މަރުވީ އެ ތަނަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށެވެ.
ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

