ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަމްހާގެ ޝަކުވާ: މީޑިއާތަކުން މައްސަލަ ކަވަރު ކުރާތީ ޖަލުގައި އެއްވެސް އަަޅާލުމެއް ނުލިބޭ!

މޭރީގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހަލީމަތު ލަމްހާ ޝަރީއަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ކުރިޔަށް ގެންދާ ހަލީމަތު ލަމްހާއާއި މެދު މީޑިއާތަކުގައި ވާހަކަތައް ދެކެވޭތީ ޖަލުގައި އޭނާއަށް އެއްވެސް އަޅާލުމެއް ނުލިބޭކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލުން ޝަކުވާކޮށްފި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އަދި ހަލީމަތުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ. މިދިޔަ އޮކްޓޯބަރު 19 ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، ނަރުހެއްގެ ގޮތުގައި ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަ އޭނާގެ ފިރިމީހާ މާވިން އެސްވައި އެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަނީ ވަކީވަކީންނެވެ. މައްސަލައިގެ މިއަދުގެ ޝަރީއަތުގައި ވެސް ލަމްހާގެ ގާނޫނީ ވަކީލު ވަނީ އޭނާއާއި ގުޅޭގޮތުން ދައުލަތުން ދައްކަނީ ހަގީގަތާއި ހިލާފުވާހަކަތަކެއް ކަމަށާއި، މީޑިއާތަކުގެ ހެޑްލައިންތަކުގެ ސަބަބުން އެކަމުގެ އަސަރުތައް ކުރަމުންދާކަމަށް ބުނެ އިއުތިރާޒު ނުކުތާ ނަގާފަ އެވެ. ޖަލުގައި ވެސް ލަންހާއަށް މާބޮޑު އެހީތެރިކަމެއް ނުލިބޭކަމަށާއި، ޖަލުގެ އޮފިސަރުންގެ ފަރާތުންނާއި ބަންދުގައި ތިބޭ މީހުންގެ ފަރާތުން ވެސް އަޅާލުމެއް ނުލިބޭކަމަށް ބުނެ ވާހަކަ ޝަކުވާ ހުށަހެޅި އެވެ. އެއީ ކުށްވެރިއެއްގެ ގޮތުގައި ލޭބަލްވެ އެގޮތަށް މަޝްހޫރު ކުރުމުން ކަމަށް ލަމްހާގެ ވަކީލު ވަނީ ބުނެފަ އެވެ.

މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ލަމްހާގެ ވަކީލު ވިދާޅުވީ އޭނާ ބަންދުގައި ބަހައްޓާފައި ހުރި ގޮޅީގެ ފާހަނާއަށް ތެރެއަށް ވެއްޓި އަނިޔާތަކެއް ލިބިފައިވާތީ ބަންދުން ލުޔެއް ދޭން އެދޭ ކަމަށެވެ. ލަމްހާ ވެސް ވަނީ ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ހެދި، ފާހަނާއަށް ވެއްޓުނީ ބާލިދީއަށް ފެން އެޅުމުގެ ތެރޭގައި ކަމަށާއި، އެގޮތަށް ފެން އުފުލަން ޖެހިފައިވާތީ އުނދަގޫތައް ވާކަމަށެވެ. މީގެ ކުރިން ވެސް މައިބަދައިގެ މައްސަލަތަކެއް ހުރީތީ، ކެއުމާއި ކަސްރަތައް ހާއްސަ އިސްކަމެއް ދީގެން އުޅެމުންއައިކަމަށާއި ނަމަވެސް މިވަގުތު ލިބޭ ކެއުން ވެސް ރަނގަޅު ނޫންކަމަށް އެނާ ބުންޏެވެ.

އެންމެ ފަހުން ޝަކުވާ ކުރުމުން އިސްކުރުގައި ހަރު ކުރާ ފެންހޮޅިއެއް ދިން ނަމަވެސް ކިރިޔާ ދެ ފޫޓު ހަމާވާ އެ ހޮޅިން ފެން އަޅާ ވަގުތު އެ ގޮޅީގައި ތިބޭ އެހެން މީހުންނަށް އުނދަގޫ ދިމާވާކަމަށް އޭނާ ބުންޏެވެ. ލަމްހާ ބުނީ އެ ހޮޅީގެ ސަބަބުން ވީ އެއްވެސް ފަސޭހައެއް ނެތްކަމަށާއި، އޭނާ ކުރިމަތިލާން ޖެހުނީ އިތުރު އުނދަގޫތަކަކާއި ކަމަށެވެ. ލަމްހާ ބުނި ގޮތުގައި އޭނާއަށް ތަށިތައް ދޮންނަން ވެސް އެތައް އުނދަގޫތަކާއި ކުރިމަތިލާން ޖެހެ އެވެ. އެހެންކަމުން ކަމެއް ދިމާވާ ދުވަހުން، އެކަމަށް މައާފަށް އެދި ނިންމާލާނީ ތޯ ލަމްހާ ސުވާލު ކުރި އެވެ.

ލަމްހާގެ ބަންދުގެ މުއްދަތު ދަމަހައްޓަން ދައުލަތުން އެދުމުން އެކަމަށް އިއުތިރާޒުކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ ލަމްހާގެ ސަބަބުން މުޖްތަމައުއަށް ގެއްލުމެއް ލިބިދާނެކަމަށް ދެކެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ލަމްހާގެ ފަރާތުން ގެއްލުމެއް ވެދާނެކަމަށް ބެލެވޭނީ ހަމައެކަނި ގޭންގެއްގައި ހަރަކާތްތެރިވުމާއި، ސިލްސިލާ ގޮތެއްގައި މީހުން މަރާ މީހެއްކަމަށް އިންޓެލިޖެންސް މައުލޫމާތެއް ލިބިފައި އޮތުން ކަމަށެވެ.

މީގެ އިތުރުން ލަމްހާގެ ވަކީލު ވިދާޅުވީ ޑޮކްޓަރުން އިރުޝާދު ދީފައި އޮތީ ބެޑް ރެސްޓު ކުރުމަށްކަމަށާއި މާފުށީ ޖަލުގައި އެ އިންތިޒާމު ހަމަޖެހޭނެތޯ ނުވަތަ އެ އިރުޝާދަށް އަމަލު ކުރެވޭނެތޯ ދައުލަތުން ޖަވާބު ދޭން ޖެހޭ ކަމަށެވެ. އަދި ލަމްހާގެ އިތުރު ކޮންސަލްޓޭޝަންތަކެއް ހުރި ނަމަވެސް މިހާތަނަށް ނިއުރޯލޮޖިސްޓަކަށް ނުދައްކާކަމުގެ ޝަކުވާ ހުށަހެޅި އެވެ. ރައްދުގައި ދައުލަތުން ބުނީ ބޭސްފަރުވާއަށް ހާއްސަ ވަކި ހާލަތެއްގައި ނޫން ގޮތަަކަށް ބަންދުން ދޫ ނުކުރެވޭނެކަމަށް ދާދިފަހުން ހައިކޯޓުން ވެސް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ ބަންދުން ދޫވިޔަސް ނުވިޔަސް މީހެއްގެ ސިއްހަތަށް ބަލަން ޖެހޭނެކަމަށާއި އެ ޝަކުވާތަކަށް ރިއާޔަތް ވެސް ކުރަން ޖެހޭނެ ކަމަށެވެ.

އެއަށް ފަހު އަނެއްކާވެސް ލަމްހާގެ ވަކީލު ތަކުރާރުކޮށް ކުރި ސުވާލަކީ ލަމްހާ ޖަލުގައި ހުއްޓައި ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމަށް މައާފަށް އެދި ނިންމާލާނީތޯ ބުނެ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ފާއިޒް ވިދާޅުވީ ލަމްހާގެ ބަންދާއި މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ގާޒީ ފާއިޒް ވިދާޅުވީ ލަމްހާގެ ބަންދު މުރާޖައާއާ މެދު ފައިނަލް ނިންމުމެއް ނިންމާނީ އަންނަ މަހު ބާއްވާ އަޑުއެހުމުގައި ކަމަށެވެ. އަދި އެކަމާ ގޮތެއް ނިމެންދެން މިހާރު ހުރި ބަންދު ދަމަހައްޓަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް 06 އަހަރާއި 04 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފުލުހުން ބުނީ މޭރީ މަރާލާފައި ވަނީ މާވިން އާއި ލަމްހާ އެކަމަށް ދުރާލާ ރާވައިގެން މ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން މޭރީ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެންނެވެ.

ލަމްހާގެ މައްޗަށް ކުރެވޭ ތުހުމަތުތައް މީޑިއާތަކުން ފާހަގަ ކުރުމުން އޭނާ ވަނީ އަމިއްލައިން ރާއްޖޭގެ އޮންލައިން ނޫހަކަށް އިންޓަވިއުއެއް ދީ މޭރީގެ މަރުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. އަދި ކުރެވޭ ތުހުމަތުތައް ދޮގުކޮށް ހޮސްޕިޓަލުގެ އެހެން ނަރުހުންނާއި ގުޅޭގޮތުން ވާހަކަ ދައްކާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: