ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތް ކުރާ ތަނުގެ ސާފުތާހިރުކަމާއި ތަރުތީބުކަމަށް އިސްކަން ދިނުން މުހިންމު: ޝަރީފް

ސްޓެލްކޯއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އެމްޑީ ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާ ދިރިއުޅޭ ތަނާއި އެކު، މަސައްކަތް ކުރާ ތަނެއްގެ ސާފުތާހިރުކަމާއި އަދި ތަރުތީބުކަމަށް އިސްކަން ދިނުން މުހިންމުކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ބައޯ ޑައިވާސިޓީ ދުވަހާއި ގުޅިގެން ބޭއްވި ސާފު ކުރުމުގެ ޕްރޮގްރާމުގައި ޝަރީފް ވިދާޅުވީ، ތިމާ ދިރިއުޅޭ އަދި މަސައްކަތް ކުރާ ތަނުގެ ތަރުތީބުކަމާއި ސާފުތާހިރުކަމަށް އިސްކަން ދިނުން މުހިންމު ކަމަށެވެ.

މިއަދުހަރުގެ މި ދުވަހުގެ ޝިއާރަކީ ބިލްޑިން ޝެއާޑް ފިއުޗާ ފޯ ލައިފްކަމަށްވާއިރު، ޝަރީފް ވިދާޅުވީ އެންމެން އެކުވެގެން ދިރުންތައް ރައްކާތެރި ކުރުމަށް މުސްތަގުބަލަށް ކަންކަން ރޭވުން މުހިންމު ކަމަށެވެ.

ޝަރީފް ވިދާޅުވީ އެންމެ މާތް މަހުލޫގުންނަކީ، އިންސާނުންނަށް ވާއިރު ދުނިޔޭގައި ލައްވާފައިވާ ހުރިހާ ދިރުމެއް ވެސް ވަނީ އިންސާނުންނާއި ގުޅިފައި ކަމަށެވެ. އެހެން ކަމުން އެ ދިރުންތައް ރައްކާތެރި ކުރުމުގެ މުހިންމުކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ އެންމެން މަސައްކަތް ކުރާ މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ދުވާލުގެ މަސައްކަތުން 08 ގަޑިއިރު ވަޒީފާގައި ހޭދަ ކުރާއިރު ތަނުގެ ސާފުތާހިރުކަން ދަމަހައްޓަން ތިބީ އެތަނެއްގެ ބައެއްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ އެންމެ ބޮޑު އެދުމަކީ އެންމެން އެކުގައި މި މަސައްކަތް ކުރުން ކަމަށެވެ.

އެގޮތުން ސްޓެލްކޯގެ ސަރަހައްދު ވެސް ރައްކާތެރި އަދި ސާފުތާހިރު ތަނަކަށް ހެދުމަށް ޝަރީފް އިލްތިމާސް ކުރެއްވި އެވެ.

”އަޅުގަނޑު މަސައްކަތާއި ހަވާލުވުމަށް ފަހު، ތަންތަން ބަލާލަމުން ދިޔައިރު ފާހަގަ ކުރެވުނު އެންމެ މުހިންމު ކަމަކީ އެ އޮންނަން ޖެހޭ މިންވަރަށް ސާފުތާހިރުކަން ނެތްކަން… ސާފުތާހިރޭ މި ދެންނެވީ މިތަން ކޮންމެހެން ހަޑިމުޑުދާރުވީމައެއް ނޫން… ނުވަތަ ބަލިމަޑުކަމެއް ފެތުރޭ ކަހަލަ ހާލަތެއް އޮތީކީއެއް ނޫން… އެހެން ނަމަވެސް ވަރަށް އަން އޯގަނައިޒްޑްކޮށް ސްޓެލްކޯގެ ތެރޭގައި ބައެއް ތަކެތި ބެހެއްޓިފައި ހުރިކަން.. އެހެން ވީމަ މަސައްކަތުގެ މާހައުލު ތަރުތީބު ކުރަން ހިންގަވާ މަސައްކަތް ފައްޓަވަމާ.. އޭގެ ރަމްޒީ މަސައްކަތް މިއަދު ފެށިގެން މި ދިޔައީ“ ޝަރީފް

ސްޓެލްކޯއިން މިއަދު އިފްތިތާހު ކުރި ޕްރޮގްރާމު ސްޓެލްކޯގެ މަސައްކަތްތައް ހިންގާ ހުރިހާ ރަށެއްގައި ކުރިޔަށް ދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: