ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ޒުވާނަކު މަރާލި މައްސަލައިގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މީދޫ. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ފޭދޫގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވި 21 އަހަރުގެ ޒުވާނާ ގެ މަރުގެ މައްސަލައިގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 1 ވަނަ ދުވަހުގެރޭ ހިނގި އެހާދިސާގައި ނިޔާވެފައިވަނީ ސ ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން (21އ) އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ފޭދޫގެ މަގެއްގެ މަތީގައި ދަންވަރު ހިންގި އެ މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ފެށުނު މާރާމާރީއެއް ކަމުގައެވެ.

އަދި އެއީ މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އައްޑޫ ސިޓީގެ ރަށުތެރޭގެގ އަމަން ނަގާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހަކުވެސް ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިތިން މީހުން ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: