ގއ ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އަޅާ އިނގިލި ބުރި ކޮށްލި މީހާގެ މައްޗަށް ފަސް ދައުވާއެއް ކޮށްފިއެވެ.
ގެއެއްގެ ތެރެއަށް ވަދެ އެގޭގެ މީހުންނާއި ޒުވާބުކޮށް މާރާމާރީ ހިންގާފައިވާ މައްސަލަ ފުލުހުންނަށް ހުށައެޅީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ.
އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.
އެ މަރާމާރީގައި ހަތަރު މީހަކަށް އަނިޔާވިއެވެ.
އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހެއްވެސް ހިމެނެއެވެ.
ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި 150 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.
ނަމަވެސް ފަހުން އެމީހާ ވިލިނގިލި ކޯޓުން ދޫކޮށްލިއެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ޕީޖީ އިން ވަނީ އެމީހާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާ ކަމަށް ބުނެފައެވެ.
އެގޮތުން އެނގިހުރެ ހުއްދަ ނޫން ތާކަށް ވަނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާގެ އިތުރުން އަނިޔާއެއް ދިނުމުގެ ތިން ދައުވާއެއް ވަނީ އުފުލާފައެވެ.

