ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްގެ އަގުގެ މައްސަލައިގައި ހިޔާ ޔޫނިއަންއަށް އެޗްޑީސީގެ މައްޗައް ދައުވާ ނުކުރެވޭނެ: ސިވިލް ކޯޓް

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކުގެ ކުލި ނެގުން ފަސްކުރަން ހިޔާ ޔޫނިއަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، އެ ޖަމިއްޔާއަކީ އެ މައްސަލާގައި ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ފަރާތެއް ކަމަށް އެކޯޓުން ނިންމައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުލި ނެގުން ފަސްކުރުމުގެ އަމުރަކަށް އެދި ހިޔާ ޔޫނިއަން އިން ސިވިލް ކޯޓަށް ހުށަހެޅީ އެތަނުގައި ފިނިޝިންގެ މަސައްކަތްތަކަށް ހަރަދުވި ފައިސާ ކުލިން މާފުކޮށްދިނުމަށް ނުވަތަ އެ އަދަދު ހަމަވަންދެން ކުލި ނެގުން ފަސްކުރުމުގެ އަމުރަކަށް އެދި އެވެ. އަދި އެއްބަސްވުމުގައި ހުރި ގާނޫނާ ހިލާފު މާއްދާތަކާ މެދު ގޮތެއް ނިންމައި ދިނުމަށެވެ.

އެ މައްސަލަ ކޯޓުން  ބޭރުކޮށްލީ އެޗްޑީސީގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ.

އެ ކުންފުނިން ކޯޓުގައި ބުނީ ހިޔާ ޔޫނިއަންއަކީ ހިޔާ ފްލެޓް އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ އެ ޖަމިއްޔާ އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ހިޔާ ފްލެޓްތަކުގައި 6،000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅޭއިރު، ކުލި ފަސްކުރުމުގެ ޕެޓިޝަންގައި ސޮއިކުރީ 2،039 މީހަކު ކަމަށެވެ. އަދި އެއީ ދައުވާ ކުރުމުގެ ހައިސިއްޔަތުން ހިޔާ ޔޫނިއަން އަށް ލިބިދޭ ޕެޓިޝަނެއް ނޫން ކަމަށް ކޯޓުގެ ނިންމުމުގައިވެއެވެ.

ހުކުމުގައި ވަނީ ހިޔާ ޔޫނިއަންއަކީ ފްލެޓް އެއްބަސްވުމުގެ ބައިވެރިއެއް ނޫން ކަމަށާއި އެއްބަސްވުމުގެ ބައިވެރިންނަކީ އެޗްޑީސީ އާއި ފްލެޓް ލިބުނު ވަކިވަކި މީހުން ކަމަށެވެ. އަދި ދެ ފަރާތެއްގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ތެރެއަށް މަދަނީ ޖަމިއްޔާތަކަށް ވަދެވޭ ނަމަ އެއީ ނުބައި ދޮރެއް ހުޅުވުން ކަމަށް އެ ހުކުމުގައި ވެ އެވެ.

ގާޒީ ރިޒްމީނާ އިދުރީސް އިއްވެވި ހުކުމުގައި ވަނީ ފްލެޓް އެއްބަސްވުމާ ގުޅިގެން ދައުވާ ކުރުމުގެ ހައިސިއްޔަތު ހިޔާ ޔޫނިއަން އަށް ލިބިގެން ނުވާތީ ހިޔާ ފްލެޓްގެ ކުލީގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: