ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއާ ގުޅުވައިގެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް އަމްރު ރައްދު ދީފި!

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އާއި ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް، އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަމްރު ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީން މީގެ ކުރިން ވަނީ އެސްޓީއޯ އަށް 12 ބިލިއަން ފައިދާ ވެފައިވާނަމަ، ކާޑުގެ ބާވަތްތައް ގަތުމަށް އިތުރު ލޯނެއް ނެންގެވީ ކީއްވެތޯ ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އެކަމުގެ ރައްދުގައި ޓްވީޓް ކުރައްވައި އަމްރު ވިދާޅުވީ އެސްޓީއޯ އަށް 12 ބިލިއަން ރުފިޔާ ލިބިފައިވަނީ ސާފު ފައިދާގެ ގޮތުގައި ނޫން ކަމަށާއި އެއޫ އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ އެއްޗެއް ކަމާއި އެކަން ސާފުކޮށްދޭ ކަމަށެވެ.

އަދި ކާޑު ގަތުމަށް ނަގާފައިވަނީ ޓްރޭޑް ފެސިލިޓީ އެއް ކަމަށާއި އެއީ އިތުރު އިންވެސްޓް ކުރުމަށް ނެގި ފެސިލިޓީއެއް ކަމުގައި ވެސް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ އަމާޒަކީ އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމަށް ކަމަށާއި އެ ވިސްނުމުގެ ދަށުން ތާރީހުގައިވެސް އެކުންފުންޏަށް އެންމެ ގިނަ އަދަދަކަށް ފައިދާވި އަހަރަކަށް ވެފައިވަނީ މިދިޔަ އަހަރު ކަމަށެވެ.

އެސްޓީއޯ ގްރޫޕުގައި އެ ކުންފުނީގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގާ އެލައިޑް އިންޝުއަރެންސާއި މިފްކޯ އާއި މޯލްޑިވް ގޭސް އަދި ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: