ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުން ގޯތި ދޫކުރަން މިމަހު 26 ގައި ހުޅުވާލާނެ: އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމުގައި  މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލެއިން ގޯތި ދޫކުރުމުގެ މަސައްކަތް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވި ފަދައިން މި މަސްތެރޭގައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އެހެން ކަމުން އުންމީދަކީ 26 ޖޫންގައި ރައީސް ވިދާޅުވި 3000 ގޯތި ދޫކުރުމަށް އިއުލާން ކުރެވިގެން ދާނެ ކަމުގައި އަސްލަމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ރައްޔިތުންނަށް 3000 ގޯތި މިމަސް ނިމުމުގެ ކުރިން އިއުލާން ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ގިރާވަޅު ފަޅު ހިއްކައިގެން ނާއި ހުޅުމާލެއިން ގޯތި ދެއްވާނެ ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ދެން އެންމެ އަވަހަށް އިއުލާން ކުރެވިގެން ދާނީ 1344 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ކަމުގައެވެ. އަދި  އެ ހައުސިންގ ޔުނިޓް ތަކަކި މިޑްލް އިންކަމް ހައުސިންގ ޔުނިޓްތަކެއް ކަމުގައެވެ.

އަސްލަމް އިތުރަށް ވިދާޅުވީ 4000 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: