ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯއިން ”ޑްރެއިންޑް ކަނޑުމަސް ޗަންކްސް“ މަސްދަޅު ތައާރަފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ތެޔޮފޮދު އުކާލަން ނުޖެހޭ ގޮތަށް ފަރުމާކޮށްފައިވާ މަސްދަޅެއް އެކުންފުނިން ބާޒާރަށް ތާއާރަފްކޮށްފިއެވެ.

މިފްކޯގެ ފަރާތުން އަލަށް ތައާރަފްކޮށްފައިވާ މި މަސްދަޅަށް ދެވިފައިވާ ނަމަކީ ”ޑްރެއިންޑް ކަނޑުމަސް ޗަންކްސް“ އެވެ. އުފެއްދުންތެރި ވަސީލަތްތަކުގެ އެހީގައި ފަރުމާކޮށްފައިވާ މި މަސްދަޅު ބާޒާރަށް ތައާރަފް ކޮށްފައިވަނީ ޖޫން މަހުގެ އަށާރަ ވަނަ ދުވަހުއެވެ.

މިފްކޯއިން ބުނެފައިވާގޮތުން، ކުޑަ ތެޔޮފޮދެއްގައި މަސްދަޅު ތައާރަފް ކުރުމުން، އެކަމުން ކަސްޓަމަރުންނަށް ލިބިގެންދާނެ ފައިދާތަކެއް ހުންނާނެއެވެ. އެގޮތުން ތެޔޮކޮޅު އުކާލުމުގެ ބަދަލުގައި ކައްކަމުންދާ ބާވަތެެއްގެ ތެރެއަށް އެޅުމުގެ ފުރުސަތު ފަހިވުމާއި، ބަދިގެ ސަފުތާހިރުކޮށް ބޭއްވުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

އަލަށް ތައާރަފްކޮށްފައިވާ، މިފްކޯގެ ”ޑްރެއިންޑް ކަނޑުމަސް ޗަންކްސް“ މަސްދަޅު، އެ ކުންފުނީގެ ފިހާރަތަކުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުންނަ މިފްކޯގެ ސްލޮޓުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މިފްކޯއިން ބުނެފައިވާއިރު، މި މަސްދަޅު ބޭނުންކޮށްގެން ޕަނީނޯ އަދި ސޭންޑްވިޗްފަދަ ލުއި ކާނާ ތައްޔާރުކުރުމަށްވެސް ބޮޑެތި ފަސޭހަތަކެއް ލިިބިގެންދާނެކަމަށް މިފްކޯއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: