ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓު އަމުރެއްގެ ދަށުން ނާޒިމް ސައްތާރުގެ ޕާސްޕޯޓް ހިފަހައްޓައިފި

ރައީސް ސޯލިހު އަދި ނާޒިމް ސައްތާރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ލޯޔަރު ނާޒިމު ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ނަޒިމް ސައްތާރު ކަމަށް ގިނަ މީހުން ތުހުމަތުކުރާ ފަރާތެއް، އެއްޖިންސުން ގުޅުން ހިންގަނިކޮށް، ފެނިގެންދާ ވީޑިއޯއެއް އާންމުވެފައިވުމުން، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސް، އެ މައްސަލަ ތަހުގީގު ކުރަން އާންމުނާއި، ސިޔާސީ އިސްވެރިން ގޮވާލައިފައިވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން، ރޭގެ ވަގުތެއްގައި އެނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ވަނީ ބުނެފައެވެ.

ނާޒިމު ސައްތާރު ފުރައިގެން ގޮސްފިކަމަށް ގިނަ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވަަނިކޮށް، ސަނގުޓީވިން އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލާއި ސުވާލުކުރުން، މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ ތަހުގީގަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ނާޒިމް ސައްތާރުގެ ޕާސްޕޯރޓް ވަނީ ހިފެއްހެއްޓިފަކަމަށެވެ. އެހެން ނަމަވެސް އެނާގެ ޕާސްޕޯޓް ހިފެހެއްޓިފައިވަނީ ކޮން މައްސަލައަކާއި ގުޅިގެންކަމަކަށް ފުލުހުންގެ މުއައްސަސާއިން ބުނެފައެއްނުވެއެވެ.

އާންމުވެފައިވާ، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކައުވައިދޭ ވީޑިއޯއިން ފެނިގެންދަނީ، ލޯޔަރ ނާޒިމު ސައްތާރުކަމަށް އެކަށީގެންވާ ވަރަށް ޔަގީން ވާކަމަށާއި، އެ މައްސަލަ ބެލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުންވެސް ބަޔާނެއް އާންމުކޮށްފައިވެއެވެ. އެ ބަޔާނުގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް އަމާޒުކޮށް ތުހުމަތު ތަކެއް ކޮށްފަވެއެވެ. އެގޮތުން އިދިކޮޅުން ބުނެފައިވާ ގޮތުން، އިސްލާމް ދީނާއި ހިލާފަށް، އެއްޖިންސުން ގުޅުން ހިންގުން ފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ބެލުމުގެ ބަދަލުގައި ރައިސް ސޯލިހުގެ ސަރުކާރުން އެ ބަޔަކު ބޭރު ގައުމުތަކަށް ފުރުވާލާކަމަށެވެ. އަދި މި މައްސަލައިގައި ފުރާލަން ނޫޅުމަށް ގޮވާލާ ކަމަށްވެސް ބަޔާނުގައި ބުނެފަވެއެވެ.

ރޭގެ ވަގުތެއްގައި ނާޒިމް ސައްތާރު، ފުލުހުންގެ މުއައްސަސާއަށް ހާޒިރު ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަވެއެވެ. އެނާ ހާޒިރުކޮށް ފޮނުވާލާފައިވަނީވެސް، ރަސްމީ ކާރުކޮޅެއްގައެވެ. އަދި ގިނަ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާގޮތުން، އެނާ މިހާރު ވަނީ ފުރުވާލާފައިއެވެ. ނަމަވެސް ކަމާ ބެހޭ އިދާރާއަކުން އެކަން ރަސްމީކޮށް އިއުލާނުކޮށްފައިނުވެއެވެ. އަދި ޓްވީޓަރ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯރމްތަކުގައި އާންމުކޮށް ހަރަކާތްތެރިވަމުންދިޔަ ނާޒިމް ސައްތާރުގެ އެކައުންޓު މިހާރު ޑީއެއްކްޓިވޭޓް ކުރެވިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކުޑަ ފިރިހެން ކުއްޖަކާއެކު، މީހަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް އާންމުވެފައިވާ ވީޑިއޯ އާއި ގުޅިގެން، ސޯޝަލް މީޑިއާގައި ވަނީ ނާޒިމް ސައްތާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ނާޒިމުވަނީ މި ތުހުމަތުތައް ދޮގުކޮށްފައިއެވެ. ފުލުހުންގެ މުއައްސަސާއިން އަދި އެ ވީޑިއޯގައި ފެނިގެންދާ ފަރާތަކީ ނަޒީމުތޯ ނުވަތަ ނޫންތޯވެސް ކަށަވަރުކޮށްދީފަނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: