ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

24 ގަޑިއިރު ތެރޭ ކޮވިޑް ޖެހިގެން ދެވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް ޖެހިގެން މަރުވި މީހަކު ވަޅުލަނީ—
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން 24 ގަޑިއިރު ތެރޭގައި  ދެވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

ކޮވިޑްގައި ރޭ އެންމެ ފުރަތަމަ ނިޔާވެފައި ވަނީ އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި  ނ. ކުޑަފަރީ އަށް އުފަން އެ ޒުވާނާ ނިޔާވެފައި ވަނީ ރޭ 12 ޖަހާކަން ހާއިރު އައިޖީއެމްއެޗްގައެވެ. އެ ޒުވާނާގެ މައްޗަށް ކަށުނަމާދު ކުރީ ރޭ ފަތިހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ކޮވިޑްގައި މިއަދު ނިޔާވި ދެވަނަ މީހާއަކީ ތ. ގުރައިދޫއަށް ނިސްބަތްވާ 77 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ ހުޅުމާލޭގައި އަލަށް އިމާރަތް ކުރެވުނު ކޮވިޑް  ފެސިލިޓީގައެވެ.

އެ އަންހެން މީހާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު މަޣްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

މީގެކުރިން ކޮވިޑް ޖެހިގެން މީހަކު ނިޔާވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ކޮވިޑް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް އެ ދުވަހު ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭއިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، އެ ބައްޔަށް ފައްސިވާ މީހުންގެ އަދަދުތަކާއި އެނދުމަތިކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ.

ވުމާއެކު އެޗްޕީއޭގެ ފަރާތުން ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒްއެއް ޖެހުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް އެޗްޕީއޭގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: